ރައީސް ޔާމީން ހުއްޓުވަން އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ލާދީނީ ކަންކަމަށް ފުރުސަތު ނުދޭތީ: ނިހާން

އެމްގެ ޕާލަމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް

ރައީސުލްޖުމްހޫރިއްޔާ ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ފަރާތްތަކުން ބޭނުންވާ ލާދީނީ ކަންކަމަށް ރައީސް ޔާމީން ފުރުސަތު ނުދެއްވާތީ ކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ފަރާތްތަކުން ބޭނުންވާ ލާދީނީ ކަންކަމަށް ރައީސް ޔާމީން ފުރުސަތު ނުދޭތީ ކަމަށެވެ.

އެގޮތުން، އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމާއި، އެއް ޖިންސުން ކައިވެނި ކުރުމުގެ މިނިވަންކަން ހޯދުމާއި، ސެކިއުލަރިޒަމް ނުވަތަ ލާދީނީ ސިޔާސަތުތައް ރާއްޖޭގެ ވެރިކަން ހިނގުމުގެ ނިޒާމްގެ ތެރެއަށް ވެއްދުމަށް ކަމަށް ނިހާން ވަނީ ވިދާޅުވެފަ. ނިހާން ވިދާޅުވީ މިއަދު ސަރުކާރާއި ރައީސް ޔާމީން ދުވަހަކުވެސް އެފަދަ ކަމަކަމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ސަރުކާރުގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އެޅުވުމުގެ އެެއްވެސް ޖާގަ އެއް ނެތް ކަމަށާއި މި ސަރުކާރު އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދެފުއް ފެންނަ ގޮތަށް ކަމަށް. އޭގެ ބަދަލުގައި އެމްޑީޕީ ސަރުކާރުގައި ކޮރަޕްޝަންގެ އެތައް ބައިވަރު މައްސަލަތަކެއް ފެންމަތިވިކަން ނިހާން ފާހަގަކުރެއްވިއެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުގެ ބޮޑެތި ފަރާތްތަކަށް 400 އަށް ވުރެ ގިނަ ފަޅު ރަށް ހިބައަށް ދިން ވާހަކައަށް ނިހާން އަލީ އަޅުއްވާލެއްވިއެވެ. މީގެއިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ޝިއުނާގެ ކުންފުންޏަކަށް، ސިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ގެނައުމަށް 12 މިލިއަން ރުފިޔާ ދިން ކަމަށް ނިހާން ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި 12 މިލިއަން ރުފިޔާ ދިން ފަރާތް ކަމަށްވާ ޝިއުނާ

މި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވާން އެއްވެސް ފަރާތްތެއް ނައުމަށް އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ބަދަލުގައި، ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި އެކު ކުރިއަށް ދިއުމަށް އަބްދުރަޙީމް ގޮވާލެއްވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕް ނުހުއްޓުވޭ ފަރާތްތަކަށް ރައީސް ޔާމީންވެސް ނުހުއްޓުވޭނެ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...