އިދިކޮޅު ފަރާތްތަކުން ޒިންމާތަކާ ހައްޤުތަކުގެ ވާހަކަ އެއްހަމައެއްގައި ދައްކަންޖެހޭ: މުހައްމަދު އިސްމާއީލް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ޒިންމާތަކާ ހައްޤުތައް އެއް ހަމައެއްގައި އޮންނައިރު، އިދިކޮޅު ފަރާތްތަކުން ހަމައެކަނި ހައްޤުތަކުގެ ވާހަކަ ދައްކަންއިގެން ކަންތައްތައް ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.


ސިޔާސީ މަޝްރަޙު ހަލަބޮލި ކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ޤާނޫނާ ޤަވާއިދާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ތަފާތު އެއްވުންތައް ބާއްވައިގެން، އެބޭފުޅުންގެ ހައްޤުތަކެއް އޮންނަ ކަމަށް ބުނެ ވާހަކަ ދައްކާއިރު، އެބޭފުޅުން އަދާކުރަންޖެހޭ ޒިންމާތަކެއް އޮންނަކަންވެސް ހަދާންކުރަން ޖެހޭ ކަމަށެވެ.


އަދި ޒިންމާތަކާ ހައްޤުތައް އެއް ހަމައަކަށް އޮންނައިރު، އެބޭފުޅުން ހަމައެކަނި ހައްޤުތަކުގެ ވާހަކަ ދައްކައިގެން ކަންތައްތައް ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ވިދާޅުވިއެވެ. މުޙައްމަދު އިސްމާއިލް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމާބެހޭ ޤާނޫނާބެހޭގޮތުން އިސްލާހްތަކެއް ގެނެވުނީ މުޅި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އެކަމުގެ މާނަ ގެއްލޭގޮތަށް މަގުމަތީގެ އަމާންކަން ގެއްލުވާލައިގެން ހަމަނުޖެހުން އުފައްދަން ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މީގެއިތުރުން މުހައްމަދު އިސްމާއީލް ވިދާޅުވީ ސުލްހަ މަސަލަސްކަން އެތަނެއްގައި ޤާއިމްވެފައި އޮތުމަކީ، އެތަނެއްގެ ހަމަޖެހުމަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އަދި ޤައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ އިދިކޮޅު ފަރާތްތަކުންވެސް ވާހަކަ ދައްކައިގެން ސަރުކާރު ޖަވާބުދާރީ ކުރުވައިގެން ކަމަށް ވިދާޅުވިއެވެ. އޭނާ ވަނީ ހައްޤުތައް ބޭނުންކުރުމުގައި އުސޫލުތަކެއް ހެދިފައި ވާއިރު، އެ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ ޑިމޮކްރަސީގެ މާތް އުސޫލެއްގެ ގޮތުން ސަރުކަރާއި އިދިކޮޅު ފަރާތްތައް އެއްބަސްވެގެން މަސައްކަތް ކުރެވޭނެ މަގެއް ނުކޮށެނީ ސަރުކާރުން ދައުވަތުދޭ މަޝްވަރާގެ މޭޒަށް އައުމަށް އެފަރާތްތަކުން އަންނަން ބޭނުން ނުވާތީ ކަމަށް. އަދި ވަކި ޝަރުތުތަކެއް ކޮށްގެން މަޝްވަރާގެ މޭޒަށް އައުމަށް އެބޭފުޅުން ބޭނުންވަނީ އެބޭފުޅުންގެ އަމިއްލަ އެދުމެއް އޮތުމުން ކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...