މަސްވެރިކަންކުރާ އުޅަނދު ފަހަރު މުޒާހަރާ ކުރުމަށް ބޭނުންކުރާ ނަމަ ލައިސަންސް ބާތިލް ކުރުމަށް ނިންމައިފި

ދިވެހިރާއްޖޭގެ ޤައުމީ ނިޝާން: ފޮޓޯ އޮންލައިން

މުޒާހަރާ ފަދަ ހަމަނުޖެހުން ތަކުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ބޭނުން ހިފައިފިނަމަ، މަސްވެރިކަމުގެ ލައިސަންސް ބާތިލް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިކަން ކުރުމަށް ލައިންސަންސް ދިނުމާއި ބެހޭ ޤަވާއިދުގެ ދަށުން ލައިސަންސް ލިބިގެން މަސްވެރިކަން ކުރަމުންދާ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ ބައެއް ހަމަނުޖެހުންތަކުގައި ބޭނުންކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ބައެއް އުޅަނދުތައް ޣައިރު ޤާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކުރިންވެސް ކޮށްފައިވާ ކަމަށާއި، އަދި މިހާރުވެސް ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.


އެހެންކަމުން ޣައިރު ޤާނޫނީ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މަސްވެރިކަމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުންކުރުމަކީ މަނާކަމެއްކަމަށާއި، މިފަދަ ހަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައި ވާނަމަ، މަސްވެރިކަން ކުރުމަށް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް އެފަދަ އުޅަނދުފަހަރާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...