އެންޓި ޑިފެކްޝަން ޤާނޫނު ތަސްދީޤު ކުރުމާއި އެކު 12 މެންބަރުންގެ ގޮޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން 12 މެމްބަރެއްގެ ގޮނޑިވަނީ ގެއްލިފައެވެ. މީގެކުރިން ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ 12 މެންބަރުންގެ ގޮޑި ގެއްލުނުކަމަށް އިޢުލާނުކޮށްފައެވެ. އަދި އެންޓި ޑިފެކްޝަން ޤާނޫނެއް ހެދުމަށް ސުޕްރީމް ކޯޓުން އޭރު ނެރުނު އަމުރުގައިވެއެވެ.


7 މައްދާއާއި އެކު އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ޤާނޫނުގެ 2 ވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން މި ޤާނޫނުގެ 3 ވަނަ މައްދާގައި މި ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ. މި މައްދާގައި ވާގޮތުން 2017 ޖުލައި 13 ވަނަ ދުވަހުން ފެށިގެން މި މައްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެމްބަރަކަށް މެދުވެރިވެއްޖެ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...