ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި ނޭޕާލުގެ ބޮޑުވަޒީރަށް ރައީސް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފި

ވެއްޓުނު ބަނގްލަދޭޝް އެއާލައިންގެ ފުލައިޓް

ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި ނޭޕާލުގެ ބޮޑުވަޒީރަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށާއި، ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޯލީއަށް ހަމްދަރުދީގެ މެސެޖެއް ގޮނުއްވާފައިވަނީ ނޭޕާލުގެ ތްރިބުވާން އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި، ބަންގްލަދޭޝްގެ ޔޫ.އެސް. ބަންގްލާ އެއާލައިންސްގެ މަތިންދާބޯޓެއް މިދިޔަ ހޯމަ ދުވަހު ވެއްޓުމާ ގުޅިގެން، އެކަމުގެ ހިތާމާގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ބަނގްލަދޭޝް އަދި ނޭޕާލުގެ ބޮޑުވަޒީރަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށާއި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެފައިވެއެވެ

71 މީހުންނާއެކު، ބަންގްލަދޭޝްގެ ޑާކާއިން ނޭޕާލްގެ ކަތުމަންޑޫއަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ވެއްޓިފައިވަނީ، ނޭޕާލުގެ ތްރިބުވާން އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...