އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލޭގެ މަގެއްގެމަތި: ފޮޓޯ ޗެނަލް13

އަރިދަފުސްރޯގާއި، މިނޫންވެސް ގައިންގަޔަށް އަރާ ބަލިތައް އިތުރުވެގެން ދިއުމުގެ ފުރުސަތު އޮތުމުން މިކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ނެރުނު ނޫސްބަޔާޏުގައި މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރަޔާއި ގުޅިގެން އަރިދަފުސްރޯގާ، އަދި މިނޫންވެސް ގައިންގަޔަށް އަރާ ބަލިތައް އިތުރުވެގެން ދިއުމުގެ ފުރުސަތު އޮތުމުން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ޢާންމުން ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތައް މި ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.


އޭގެތެރޭގައި އަރިދަފުސް ރޯގާ ޖެހި، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ކާބޯތަކެތި ތައްޔާރު ކުރުމުގައްޔާއި އެހެނިހެން ކަންތައްތަކުގައި ޢާންމު ސާފުތާހިރު ކަމަށް ސަމާލުވުމާއި އަދި މޭވާއާއި ތަރުކާރީ ކާން ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަށްފަހު ނޫނީ ނުކެއުމަށް އިލްތިމާސްކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...