ދީޕިކާ ޕަޑްކޮން ފިޒިއޯތަރަޕީ ހަދަން ފަށަން ތައްޔާރުވަނީ

ބޮލީވުޑްގެ ކާމިޔާބް ބަތަލާ ދީޕިކާ ޕަޑްކޮން ފިޒިއޯތެރަޕީ ހަދަން ފަށަން ތައްޔާރުވަމުންދާކަމަށް އޭނާ ބުނެފިއެވެ.


ދީޕިކާގެ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ޕަދުމާވަތު" އަކީ ބޮލީވުޑްގައި ގިނަ ކާމިޔާބީ ތަކެއް ހޯދި ފިލްމެކެވެ. މިފިލްމުގައި ލީޑް ރޯލުން ދީޕިކާ ފެނިގެންދިޔައިރު އެ ފިލްމުގައި އޭނާ ދައްކައިދިން ހުނަރުވެރި އެކްޓިންގއަށް ގިނަ ބަޔަކު ތަޢުރީފް ކުރިއެެވެ.

އަދި އެ ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ބުރަކޮށް ކަމަށްވާތީއާއެކު އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ދީޕިކާގެ ބުރަކަށްޓަށް ވަނީ އަނިޔާވެފައެވެ. ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން އޭނާގެ ކަނދުރާމަތިން ބެންޑޭޖެއް އަޅާފައިވާ މަންޒަރު ވަރަށް ގިނަ ފޮޓޯތަކުން ވަނީ ފެނިފައެވެ.

އޭނައަށް ލިބިފައިވާ އިންޖަރީއާއި ގުޅިގެން މިއަހަރުގެ ހެލޯ ހޯލް ފޭމް އެވޯޑްސް ގައި ވާހަކަދައްކަމުން ދީޕިކާ ބުނެފައިވަނީ އޭނާގެ ބުރަކަށްޓަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށާއި، ނަމަވެސް ވަރަށް އަވަހަށް ފިޒިއޮތެރަޕީ ހަދަން ފަށާނެ ކަމަށެވެ. އަދި އޭނާއަށް ތާއީދުކުރާ އޭނާދެކެ ލޯބިވާ ފޭނުންގެ ފަރާތުން ލިބުނު ލޯތްބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ފޭނުން ކަންބޮޑު ނުވުމަށްވެސް ދީޕިކާ އެދިފައިވެއެވެ.
ދީޕިކާ އަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ އަންހެންތަރިންގެ ތެރެއިން އެއްމެ ކުޅަދާނަ އެއް ބަޠަލާއެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާއާއި ބެހޭގޮތުން މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ކާމިޔާބް އެކްޓަރު ރަންވީރު ސިންގް އާއި ދީޕިކާ ކައިވެނި ކުރަން އުޅޭ ވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކަ އެއް މި ދެތަރިންވެސް ކަށަވަރު ކޮށްދީފައިނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ލާލި 14 މާޗް 2018 - 18:45

    ޝިމްނާ އަށް ކޮންކަމެއްތަ އޭނާ ފިޒިއޯ ހެދިޔަސް ނުހެދިޔަސް ދެން ބޮޑު ކަމެއް

ގުޅުން ހުރި
Loading...