ފަނޑިޔާރުންގެ ޤަނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

 ފަނޑިޔާރެއްގެ މައްޗަށް ކުށެއް ކުރިކަން ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިފައިވާ އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ. 

ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ މި ބިލް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވި 38 މެމްބަރުންގެ ވޯޓާއެކުއެވެ. މި ބިލް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓް ދީފައެއް ނުވެއެވެ. ފަނޑިޔާރުންގެ ޤަނޫނަށް ހުށައެޅިފައިވާ އިސްލާހްތަކުގެ ތެރޭގައި އެ ޤަނޫނުގެ 15 ވަނަ މައްދާގައި ބުނާ ފަނޑިޔާރުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ މައްދާއަށް ނަންބަރެއް އިތުރުކޮށްފައިވެއެވެ.

އެގޮތުން އިތުރު ކޮށްފައިވާ ނަންބަރުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޡް ކުރަމުންދާ މީހަކު ކަމުގައި ނުވުމެވެ. މީގެއިތުރުން އެ ޤާނޫނަށް 24 އަދި 25 ވަނަ މައްދާ އިތުރުކޮށްފައިވެއެވެ. އެގޮތުން އިތުރުކޮށްފައިވާ 23 ވަނަ މައްދާއަކީ ޖިނާއީ ތަހުގީގާކާއި ގުޅިގެން ފަނޑިޔާރުން ސަސްޕެންޑް ކުރުމެވެ. އެގޮތުން މި މައްދާގައި ބުނަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ ނުވަތަ ބަންދުކޮށްފިނަމަ މުސާރަ ލިބޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމެވެ.


އަދި 25 ވަނަ މައްދާގައި ބުނަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވެއްޖެ ނަމަ، ރާއްޖޭގެ ހައި ކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލަ ނިމި ތާރީހުން ފެށިގެން 10 ދުވަސް ކަމަށް. މީގެއިތުރުން 25 ވަނަ މައްދާގެ (ނ) ގައި ސުޕްރީމް ކޯޓައް މި މައްސަލަތައް އިސްތިއުނާފް ކުރުމަށް މައްސަލަ ނިންމިތާ 10 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި އެ މައްސަލަ އިސްތިއުނާފްއަށް ހުށަހަޅާ ތާރީހުން ފެށިގެން 30 ތެރޭގައި އެ މައްސަލަ ބަލައި ނިންމަންވާނެ ބުނެފައިވެއެވެ.

މި ބިލް ފާސްކޮށްފައިވަނީވެސް ކޮމިޓީއިން ހުށައެޅި އިސްލާހްތަކާއި އެކު. މީގެއިތުން ފަނޑިޔާރުންގެ ޤަނޫނަށް އަބްދުއްރަހީމް ހުށައެޅި އިސްލާހައް، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ އިސްލާހެއް ހުށައަޅާފައެވެ. އަލީ އާރިފް ހުށާއެޅި އިސްލާހް އަކީ ފަނޑިޔާރުންގެ ޤަނޫނުގެ 27 ވަނަ މައްދާގެ އަށް އަކުރެއް އިތުރުކުރުމެވެ.

މި އިސްހާލްގައި ބުނެފައިވާނީ، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ޝަރުއީ ކޯޓަކުން ކުރާ ހުމެއް ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅި ވަގުތުން ފެށިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިވެވޭނެ ކަމަށް. އަދި ޤާނޫނު އަސާސީގެ 154 ވަނަ މައްދާގެ ދަށުން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އޮންނަ އިޖުރާއަތެއް މި ހާލަތުގައި ނުހިނގާނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. މި އިސްލާޙްވެސް ރައްޔިތުން މަޖިލީހުން ވަނީ ފާސްވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...