ސިލްވާގެ ދެ ލަނޑުން ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ

ސްޓްރޯކް ސިޓީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗްގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ޑޭވިޑް ސިލްވާގެ ދެ ލަނޑުން ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ސްޓޯކް ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެޓީމުން ފުރަތަމަ ލީޑް ނަގާފައިވަނީ މެޗްގެ 10 ވަނަ މިނެޓްގައެވެ. ރަހީމް ސްޓާލިން ނަގައިދިން ހުރަހަކުން އެލަނޑު ސިޓީއަށް ކާމިޔާބް ކޮށްދިނީ ޑޭވިޑް ސިލްވާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާއިރު، އެހާފް ނިމިގެން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފް ފެށިގެންވެސް ދެޓީމްގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު ހާފް ފެށިތާ ފަސްމިނެޓް ތެރޭގައި ސިޓީން ވަނީ ދެވަނަ ގޯލެއް ކާމިޔާބް ކޮށްލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބް ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބްކޮށްދިން ޑޭވިޑް ސިލްވާއެވެ.

ރޭގެ މޮޅާއެކު މެންޗެސްޓަރ ސިޓީ ލީގް ތާވަލްގެ އެއްވަނައި ގައި އޮތީ 16 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ކުޅުނު 30 މެޗުން ސިޓީއަށް 81 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގެ އޮތް މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 61 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...