ވަރުން ދަވަންގެ ފިލްމު "އޮކްޓޫބަރ" ގެ ޓްރެއިލާރ ގިނަ ބަޔަކަށް ކަމުގޮސްފި

ފިލްމު "އޮކްޓޫބާރ"ގެ ޕޯސްޓަރ

ވަރުން ދަވަން ގެ ފިލްމު "އޮކްޓޫބަރ" ގެ ޓްރެއިލާރ ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.


ބޮލީވުޑުގެ މަޝްހޫރު ތަރި ވަރުން ދަވަން އަދި ބަނީތާ ސަންދޫ އެކުގައި ފެނިގެންދާ ފިލްމު "އޮކްޓޫބާރ"ގެ ޓްރައިލާ ލޯންޗް ކޮށްފައިވާއިރު ސޯޝަލް މީޑިއާގައި ވަނީ މި ޓްރެއިލާރ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މި ފިލްމަކީ ލޯބީގެ ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ސޫޖިތް ސިރްކާރު ބުނެފައިވާއިރު ފިލްމުގެ ޓްރެއިލާ އާއްމު ކުރުމާއެކު މިފިލްމު ބަލާލަން ކެތްމަދުވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.


އަދި ޓްރެއިލާ އާއްމުކުރިތާ މާގިނަ އިރުތަކެއް ނުވަނިސް ގިނަ ބަޔަކު ވަނީ އެޓްރައިލާރ ބަލާފައެވެ. އަދި ގިނަ ކޮމެންޓްތަކުގައި ހުރީ ވަރުންއާއި ބަނީތާގެ ހުނަރަށް ތަޢުރީފުކޮށްފައެވެ. ގިނަ ބަޔަކު އަޅައިގަންނަ ފަދަ އަސަރުގަދަ ޓްރައިލާއަކަށް މި ޓްރެއިލާ ވެގެން ގޮސްފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.


ފިލްމީ ކެރިއަަރުގައި ކުޅުނު އެއްވެސް ފިލްމެއް ނާކާމިޔާބް ވެފައިނުވާ ވަރުން ދަވަން ގެ ހުނަރުވެރި ތަފާތު މޮޅު އެކްޓިންގ އެއް މިފިލްމުގައި ފެނިގެންދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ބުނެފައިވެއެވެ.


މީގެ ކުރީގެ ފިލްމުތަކާއި ޚިލާފަށް މިފިލްމުގައި އޭނާގެ ހެއްވާ މަންޒަރުތަކާއި އަދި ސްޓަންޓް ތަކެއްވެސް ފެނިގެންނުދާނެ ކަމަށާއި އޭގެ ބަދަލުގައި އޭނާ ފެނިގެންދަނީ އާދައިގެން ޓްރެއިލާ އިން ފެންނަ ގޮތަށް ވަރުންއަކީ ލަގްޒަރީ ހޮޓަލެއްގެ ހައުސް ކީޕާއެއްގެ ގޮތުގައެވެ. ޓްރެއިލާއިން ފެނިގެންދާ ގޮތުން އޭނާ މަސައްކަތް ކުރަނީ ޝިއުލީ އަށް ވީގޮތެއް ހޯދުމަށެވެ.

އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްކަމީ ވަރަށް ތަފާތު އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވެގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑްޝަން ހައުސްއިން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...