ބަންގްލަދޭޝްގެ އެއާލައިންގެ ބޯޓެއް ކަތަމަންޑޫގެ އެއަރޕޯޓަށް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ

ވެއްޓުނު ބަންގްލަދޭޝްގެ އެއާލަައިންގެ ފްލައިޓް

ބަންގްލަދޭޝްގެ އެއާލައިންގެ ބޯޓެއް ކަތަމަންޑޫގެ އެއަރޕޯޓަށް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

70 މީހުންނާއި އެކު ބަންގުލަދޭޝްގެ ޑާކާއިން ފުރައިގެން ނޭޕާލަށް ދަތުރު ކުރަމުންދިޔަ ޔޫއެސް ބަންގްލާ އެއާލައިންގެ ބޯޓް ވެއްޓިފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ތްރިބޮވަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.

ޓީއައިއޭގެ ކަތަމަންޑޫ ޕޯސްޓާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އެހާދިސާ ހިނގީ ބޯޓު ޖަންސަން އުޅުމުގެ ތެރޭގައި ބޯޓުގައި އަލިފާންރޯވެ، ރަންވޭ މަތިން ކަހާލައިގެން ގޮސް، އެއާޕޯޓުގެ ކައިރީގައި އޮތް ފުޓުބޯޅަ ދަނޑަކަށް ވެއްޓިގެން ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން މިހާތަނަށް 49 މީހަކު މަރުވެފައިވާއިރު، ނޭޕާލް ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓާ މަނޯޖް ނިއުޕޭން ވިދާޅުވީ ބޯޓު ވެއްޓުނު ވަގުތު 31 މީހަކު މަރުވި ކަމަށާއި އިތުރު މީހުން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ފަރުވާ ދެމުންދާ ގިނަ މީހުންގެ ހާލު ސީރިއަސް ވުމާއި ގުޅިގެން މި އަދަދު އިތުރުވުން އެކަށީގެންވާކަމަށެވެ. މިބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ނޭޕާލްގެ 33 މީހުންނާއި ބަންގްލަދޭޝްގެ 32 މީހުންނާއި ޗައިނާގެ ރައްޔިތެއްގެ އިތުރުން ދިވެއްސެއް ހިމެނޭ ކަމަށް އެއާލައިން ވަނީ ބުނެފައެވެ. އެއީ 37 ފިރިހެނުންނާއި، 27 އަންހެނުންނާއި، ކުޑަ ދެކުދިން ކަމަށްވެސް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މިމީހުންގެ ތެރޭގައި ދަތުރުކޮށްފައިވަނީ ތިރީސް ހަތް ފިރިހެނުންނާއި، ހަތާވީސް އަންހެނުންނާއި، ކުޑަ ދެކުދިން ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ. މި ހާދިސާގައި ޒަޚަމްވި 22 މީހުންނަށް ކަތަމަންޑޫގެ އެކި ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...