ނަޝީދަކީ ސެކިއުލާ ލީޑަރެއް ކަމަށް އިނގިރޭސީންގެ މަޖިލިސް މެންބަރެއް ވިދާޅުވެއްޖެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ހަޤީޤީ ސެކިއުލލރ ލީޑަރެއް ކަމަށް އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ މެންބަރެއް ވިދާޅުވެއްޖެއެވެ.


އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި މި ހިނގާ މާޗު މަހުގެ ހަވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެގައުމުގެ މަޖިލިސް މެންބަރުން ވަނީ ރާއްޖޭގެ މަޝްރަޙާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ސާ ހޫގޯ ސްވަޔާ ވަނީ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އެބޭފުޅާގެ އަމިއްލަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. އެ މަޖިލިސް ބައްދަލުވުމުގައި އެހެން އެމްޕީއެއް ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރީގެ ރައީސް ނަޝީދަކީ ހަޤީޤީ ސެކިއުލަރ ލީޑަރެއް ކަމަށާއި ރާއްޖޭގައި އޮތީ ހައްދުފަހަނަ އަޅާ ދިޔުން އިންތިހާއަށް ގޮސްފައި ކަމަށެވެ. އެހެން ކަމުން، ރާއްޖޭގެ މަޝްރަޙާ މެދު ފުންކޮށް ވިސްނާ ނަޝީދު ފަދަ ލީޑަރުންނަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.


ހައުސް އޮފް ކޮމަންސްގެ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސާ ހޫގޯ ސްވަޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ބައެއް ރިޒޯޓުތައް ބޯއިކޮޓް ކުރަން ގޮވާލައި ވަކިވަކި ފަރުދުންގެ މައްޗަށް ސޭންކްޝަންސް އެޅުމަށްވެސް ގޮވާލައްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުން އޭޝިއާ އަދި ޕެސިފިކް އަށް ކަނޑައަޅުއްވާފައިވާ މިނިސްޓަރ މާކް ފީލްޑް ވިދާޅުވީ ރާއްޖޭގެ މަޝްރަޙް އޮތް ގޮތާ ގުޅޭގޮތުން ދެރަވާ ކަމަށާއި ނަޝީދަކީ ސެކިއުލަރ ލީޑަރެއް ކަމުގައި އޭނާވެސް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖެ ސެކިއުލަރިޒަމް އާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި ދީނީ މިނިވަންކަމަށް ފުރުސަތު ލިބުމާ ގާތަށް ދިޔަ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...