އެންޓި ޑިފެކްޝަން ބިލާއެކު މެމްބަރުންގެ ގަދަރު އުފުލިގެންދާނެ: ނިހާން


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅާ އެންޓި ޑިފެކްޝަންގެ ބިލް ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މެމްބަރުން ޕާޓީ ބައްދަލުވުމުން ގޮނޑި ގެއްލޭގޮތަށް ކަނޑައަޅާ އެންޓި ޑިފެކްޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކްއެވެ.

އެންޓި ޑިފެކްޝަން ބިލުގައި ވާގޮތުން ރާއްޖޭގައި ހިންގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓިއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ އަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަން ކަނޑައެޅުމާއިއެކު، އެފަދައިން ގޮނޑި ގެއްލޭ ހާލާތްތަކުގައި ބައި އިލެކްޝަން ބޭއްވުމާއި ގުޅޭ އުސޫލްތަކާއި އިޖުރާތްތައް ބަޔާން ކޮށްފައިވެއެވެ.

މި ބިލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލްއާއި އެކު މެމްބަރުންގެ އިއްޒަތާއި ކަރާމާތް ރައްކާތެރިވެގެން ދާނެ ކަމަށް. އަދި ރައްޔިތުންގެ މެދުގައި މަޖިލީހުގެ މެމްބަރުންނަށް އޮތް އިތުބާރާއި ގަދަރު ލިބިގެންދާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްއިން އަބަދުވެސް ބޭނުންވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަކީ އެ ބަޔަކު އިންތިހާބް ކުރާ ރައްޔިތުންނަށް އިހްލާސްތެރި ބަޔަކައް ވުން ކަމަށާއި، އެރައްޔިތުންވެސް ބޭނުންވާނީ އެގޮތް ކަމަށެވެ. 


-
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެނދިކުޅޮދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ އެންޓި ޑިފެކްޝަން ޤަނޫނަކީ މިހާރުން މިހާރަށް ހަދަންޖެހިފައިވާ ވަރަށް މުހިންމު ގާނޫނެއް ކަމަށް. މައުރޫފް ވިދާޅުވީ މި ބިލް ފާސްވުމާއެކު ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ކުރަމުން ދިޔަ ތާއީދާއި އިހްތިރާމް އުފުލިގެން ދާނެ ކަމަށް. 
-
ރައްޔިތުން މަޖިލީހުގެ މިދައުރުގެ ޖަލްސާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މި ދަނޑިވަޅާއި ދިމާކޮށް، އޭޖީ އޮފީހަށް ޑުރާފްޓް ކޮށް ފޮނުވާފައިވާ ނެޝިނަލް ސެކިއުރިޓީ އެކްޓް އަކީ ވަރަށް މުހިންމު ބިލެއްކަން ފާހަގަކުރެއްވި. އެގޮތުން އެބިލް މަޖިލީހަށް ހުށެހެޅުނުހާ އަވަހަކަށް އެބިލުގެ މަސައްކަތް ފަށާނެކަމުގެ އިޝާރާތެއް ނިހާނު ވަނީ ދެއްވާފައި. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...