ގޫތާއަށް ދެމުން އަންނަ ހަމަލާތަކުގައި 550 މަރު!

ސީރިއާގެ ގޫތާގައިދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި ދުވަސްތަކުގައި 550އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޮރ ހިއުމަންރައިޓްސްއިން ބުނެފިއެވެ.

ސީރިއާގައި ކުރަމުން އަންނަ ދާޙިލީ ހަނގުރާމަ މޮނިޓަރ ކުރާ ސީރިއަން އޮބްޒަވޭޓްރީ ފޮރ ހިއުމަންރައިޓްސްއިން ބުނީ، ގޫތާގައި ކުރަމުން އަންނަ ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި ނަމަވެސް، އެކަމަށް ސީރިއާ ސިފައިންނާއި އެޤައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެކަން ކޮށްފައިނުވާ ކަމަށެވެ.

އެގޮތުން ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި ފަހުން ދިން ހަމަލާރަކުގައި 4 މީހުން މަރުވެފައިވާއިރު އެތައް ބަޔަކި ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގޫތާގައި ކުރަމުން އަންނަ ހަނގުރާމަ މެދުކަނޑާލަން ނިންމީ ހާލުގައި ޖެހިފައިވާ ފަރާތްތައް އެހެން ސަރަހައްދުތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ގޫތާގެ ރައްޔިތުން ބުނީ ހަނގުރާމަ މެދުކަނޑާލާފައިވާ ކަމަށް އެމީހުންނަށް އެންގި ނަމަވެސް ސީރިއާ ސިފައިންގެ ހަނގުރާމަމަތީ އުޅަނދުތަކުން އެކި ސަރަހައްދުތަކަށް އަދިވެސް ހަމަލާ ދެމުން އަންނަ ކަމަށެވެ. ސީރިއާ ސަރުކާރުން ބުނީ އިދިކޮޅު ހަނގުރާމަވެރިންގެ ކިބައިން ގޫތާ މިނިވަން ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ. ސީރިއާ ސަރުކާރުން ގޫތާގައި ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ މަރުވެފައެވެ.

ގޫތާގައި މިހާރު ކުރަމުން އަންނަ ހަނގުރާމަ އަކީ 2016 ވަނަ އަހަރުގައި ސީރިއާގެ ހަލަބް ސިޓީގައި ކުރި ފަދަ ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...