ނައިޖީރިއާ: ގެއްލުނު ދަރިވަރުންތައް އަދިވެސް ނުފެނޭ

ނައިޖީރިއާގެ ސްކޫލަކުން ގެއްލުނު ދަރިވަރުންތަކެއް އަދިވެސް ނުފެންނަ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ނައިޖީރިއާގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ އަލް ހާޖީ މުހައްމަދު ވިދާޅުވީ، އެޤައުމުގެ އުތުރު އިރުމަތީ ސަރަހައްދެއްގެ ސްކޫލަކުން ގެއްލުނު 110 އަންހެން ދަރިވަރުން އަދިވެސް ނުފެންނަ ކަމަށެވެ.  އަދި އެކުދިން ގެއްލިފައިވަނީ އެ ސްކޫލަށް ބޯކޯ ހަރާމް ޖަމާއަތުން ވަދެ، ހަމަލާ ދިނުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނައިޖީރިއާގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ ވަނީ ސެކިއުރިޓީ އޮފިޝަލުން ގެއްލުނު ކުދިންތައް ހޯދުމުގެ މަސައްކަތުގައި ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާނެ ކަމުގެ ޔަގީންކަން އެކުދިންގެ މައިންބަފައިންނަށް އަރުވާ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިންވެސް ނައިޖީރިއާގައި ހަރަކާތްތެރިވަމުން އަންނަ ބޯކޯ ހަރާމް ޖަމާއަތުން ވަނީ، އަންހެން ކުދިންތަކެއް ވަގަށް ނަގާފައެވެ.

އެގޮތުން 2014 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ނައިޖީރިއާގެ ޗިބޯކް ސަރަހައްދުގެ ސްކޫލަކަށް ނިސްބަތްވާ 276 އަންހެން ކުދިން ވަނީ ރަހީނުކޮށްފައެވެ 2009 ވަނަ އަހަރުގައި ނައިޖީރިއާގެ އިތުރު އިރުމަތީ ސަރަހައްދުތަކުގައި އިސްލާމީ ދައުލަތެއް ގާއިމް ކުރުމަށް ކަމަށް ބުނެ، ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ވިހި ހާސް މީހުން މަރުވިއިރު، 2 މިލިއަން މީހުން ވަނީ އެހެން ހިސާބުތަކަށް ހިޖުރަ ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...