ޗެލްސީ އަތުން ފަހަތުން އަރައި ޔުނައިޓެޑް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އިން ލަނޑެއް ޖަހާފައިވަނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ދެ ލަނޑު ޖެހުމަށް ފަހު އުނދަގޫ މޮޅެއް ހޯދައިފި އެވެ.


ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ އަލުން ލީގު ތާވަލުގެ ދެވަނަ އަށް އަރާފަ އެވެ. ދެވަނައިގަ އޮތް ލިވަޕޫލް ކުރިން އޮތް މަގާމް ކަމަށްވާ ތިންވަނަ އަށް ވެއްޓުން އިރު، ޗެލްސީ ވަނީ ހަތަރުވަނައިގަ އޮތް ޓޮޓެންހަމް އަށް ވުރެ މަދުން ޕޮއިންޓް ލިބިގެން ލީގުގެ ފަސްވަނަ އަށް ވެއްޓިފަ އެވެ. 


މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ އެއްތިރީސްވަނަ މިނެޓުގައި ވިލިއަން ލަނޑެއް ޖަހައި ޗެލްސީ އަށް ލީޑު ނަގައިދިން ނަމަވެސް، މާ ގިނައިރުތަކެއް ނުވަނީސް ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަލުން އެއްވަރު ކޮށްފައެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިގެން ޔުނައިޓެޑުން އެޓީމްގެ ކުޅުން ރަނގަޅު ކުރިއިރު، މެޗް ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް އިތުރު ލަނޑެއް ޔުނައިޓެޑުން ވަނީ ކާމިޔާބު ކޮށްފައެވެ. ލުކާކޫ ތަނަވަސްކޮށްދިން ބޯޅައަކުން އެ ލަނޑު ކާމިޔާބު ކޮށްދިނީ، ބަދަލު ކުޅުންތެރިއާ ޖެސީ ލިންގާޑް. މޮޅާއެކު ޔުނައިޓެޑަށް ތިން ޕޮއިންޓް ވަނީ ލިބިފައެވެ. 


މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޗެލްސީ އިން މެޗު ފެށީ ޔުނައިޓެޑަށްވުރެ ރަނގަޅަށް ކަމަށާއި ނަމަވެސް، މެޗު ކުޅެމުން ދިޔަ އިރު، ޔުނައިޓެޑްގެ ކުޅުން ރަނގަޅުކޮށް ޗެލްސީ އަށް ނުރައްކާކުރީ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...