ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ

ކ.ވ: ސ.ހުޅުުދޫ، ވައްތީނިމާގެ، ޢަބްދުﷲ ޢައުފް (26އ) އާއި އދ.މާމިގިލި، ސަނީސައިޑް، މުޙައްމަދު އަޝްފާޤް (27އ) އަދި ގދ.ގައްދޫ، ގުލްޝަނީގެ، ޙަސަންމަނިކް ޢަބްދުﷲ (29އ)

އދ.މާމިގިލި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ.ހުޅުުދޫ، ވައްތީނިމާގެ، ޢަބްދުﷲ ޢައުފް (26އ) އާއި އދ.މާމިގިލި، ސަނީސައިޑް، މުޙައްމަދު އަޝްފާޤް (27އ) އަދި ގދ.ގައްދޫ، ގުލްޝަނީގެ، ޙަސަންމަނިކް ޢަބްދުﷲ (29އ) އެވެ.

ފުލުހުން ވަނީ މި ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އދ.މާމިގިލި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792499 އަށް ގުޅުމަށްފަހު ހިއްސާ ކުރުމަށް އެދިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...