އަނުޝްކާގެ މި ވާހަކަތައް އެނގޭތަ؟

އަނުޝްކާ ޝަރްމާ

ބީޓައުންގެ ބަތަލާ އަނުޝްކާ ޝަރްމާ އުފަންވެފައިވަނީ 1988 ވަނަ އަހަރުގެ މެއިމަހުގެ 1 ވަނަ ދުވަހު އުއްތަރް ޕްރަދޭޝްއަށެވެ.

އަނުޗްކާ އަކި އެކްޓްރެސްއެއްގެ އިތުރުން ޕްރޮޑިއުސަރެއްވެސް މެއެވެ. އަދި މޮޑެލް ކުރުމަކީވެސް އަނުޝްކާ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެކެވެ. އަނުޝްކާގެ ބައްޕައަކީ އާމީ އޮފިސަރެކެވެ.


އަނުޝްކާ މީގެ ކުރިން މީޑިއާއަށް ދީފައިވާ އިންޓަރވިޔުއެއްގައި އޭނާ ބުނެފައިވަނީ، އެކްޓްރެސްއަކަށް ވުމަށްވުރެ އޭނާ އެންމެ ފަހްރުވެރިވަނީ އާމީ އޮފިސަރެއްގެ ދަރިއަކަށް ވުމުން ކަމަށެވެ. އަނުޝްކާގެ އާއިލާގައި ފިލްމީ ދާއިރާއާއި ގުޅުން އޮންނަނީ އޭނާ އެކަންޏެއް ނޫނެވެ. އޭނާގެ ބޭބެ ކަރްނޭޝް ޝަރްމާ އަކީ ފިލްމު ޕްރޮޑިއުސަރެކެވެ.

އަނުޝްކާ ބުނީ، މޮޑެލް ކުރުމުގެ އިތުރުން ނޫސްވެރިކަން ކުރުމަށްވެސް އޭނާ ޝައުގުވެރިވާ ކަމަށެވެ. މިހާރު އެކްޓް ކުރާ ހިތްވިނަމަވެސް، ކުރިން އެކްޓް ކުރުމަށް އެއްވެސް ވަރަކަށް ޝައުގުވެރިނުވާ ކަމަށް އަނުޝްކާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި އަނުޝްކާއަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު އޭނާއަށް 1 ފަހަރު ފިލްމު ފެއާ އެވޯޑް ލިބިފައިވާއިރު، އެ އެވޯޑަށް 7 ފަހަރު ނޯމިނޭޓް ވެފައިވެއެވެ. އަނުޝްކާއަށް އެންމެ ފުރަތަމަ ފިލްމަކުން ފުރުސަތު ލިބުނީ މޮޑެލިންގެ ދާއިރާއިން ކުރިއަށް ދިއުމަށް މުމްބާއީ އަށް ދިޔަ ހިސާބުންނެވެ. އެގޮތުން އެންމެ ފުރަތަމަ ބެލުންތެރިންނަށް އަނުޝްކާ ފެނިގެން ދިޔައީ، 2008 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ރަބްނޭ ބަނާދީ ޖޯޅީ" އިންނެވެ.

ބޮލީވުޑްގެ ބައެއް ތަރިންނަކީ އެކަނު އަނެކަކާ ވާދަ ނުކުރާ ކަމަށް ބުނާ ތަރިންނެވެ. އެހެންނަމަވެސް އަނުޝްކާ ވަނީ އޭނާ އަކީ އެހެންތަރިންނާއި ވާދަ ކުރާ ތަރިއެއް ކަމަށް ބުނެފައެވެ.
"ކޮންމެ މީހަކީވެސް އަހަރެންނަށް ކޮމްޕެޓިޝަނެއް. އަހަރެން ނުބުނާނަން އަހަރެން ވާދަ ކުރަނީ އަމިއްލަ ނަފްސާއޭ. ސަބަބަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ އެންމެ މޮޅު އަދި ރަނގަޅު ރޯލު އެމީހަކަށް ލިބެން. " އަނުޝްކާ ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...