ނައިބް ރައީސް ދުބާއީ "10 އެކްސް 2.0" އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފި

ދުބާއީ "10 އެކްސް 2.0" އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު "ވޯލްޑް ގަވަމަންޓް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެން "ދުބާއީ ޓެން އެކްސް ޓޫޕޮއިންޓް ޒީރޯ" މަޝްރޫޢު އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ނައިބުރައީސް އަބްދުﷲ ޖިހާދު މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް ގެ ސަރުކާރުން ދަޢުވަތު ދެއްވައިގެންކަަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕްރޮޖެކްޓަކީ ދުބާއީގެ ވަލީއަޙުދު ޝައިޚް ހަމްދާން ބިން ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތީން އިފްތިތާޙް ކުރެވުނު މަޝްރޫޢުއްކަމަށްވާއިރު މި މަޝްރޫޢުގެ އަމާޒަކީ "އެކްސް ލެބް" ތައާރަފުކޮށް ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ތަރައްޤީގެ ރޮނގުން 10 އަހަރު ކުރިޔަށް ޑުބާއީ ގެންދިޔުމެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުބާއީ ސަރުކާރުގެ މުއައްސަސާތައް ގުޅުވާލެވި، ސަރުކާރުގެ ހިންގުން މިހާރުގެ ގޮތްތަކަށް އަހުލުވެރިވުމަށް މަގުފަހިވެގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...