އަންނަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޕީޕީއެމްގެ ހަރަކާތް އަންނަ ހަފްތާއަށް ފަސްކޮށްފި

މީގެ ކުރިން އައްޑޫ ސިޓީގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން

އަންނަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޕީޕީއެމްގެ ހަރަކާތް އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް މެންބަރު ޔާމިން ރަޝީދު ވިދާޅުވީ "މަގެ ދީނާއި މަގެ ގައުމާއި ނުކުޅެއްޗޭ" މިނަމުގައި ޕީޕީއިން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ހަރަކާތް މިމަހުގެ ތޭވީސް ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށެވެ. ނަމަވެސް ފަސް ކުރި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ. 

ޕީޕީއެމުން އައްޑޫގައި ބާއްވަން ނިންމާފައިވާ ހަރަކާތް ފަސްކޮށްފައިވާއިރު މިހަރަކާތާއި ގުޅިގެން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މީގެ ކުރިން ވިދާޅުވެފައިވަނީ މިހަރަކާތަކީ ރައީސްޔާމީންގެ ހިކުމަތްތެރިކަމާއިކު ގައުމަށް ގެންނަން އުޅުނު ބަޣާވާތަކުން ނާކާމިޔާބު ވުމުން އެންމެ ބޮޑު އުފާވެރިކަމެއް ލިބިގެން ދިއަ އެއްބަޔަކީ އައްޑޫގެ ރައްޔިތުން ކަމަށްވާތީ އެކަން ހާމަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ. 

އިބްރާހިމް ދީދީ ވިދާޅުވެފައިވަނީ އައްޑޫގައި ހިންގާ މިހަރަކާތް ކުރިއަށް ގެންދަނީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ގެ އިސްނެންގެވުމުގެ މަތިން ކަމަށާއި އަދި މިހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ގިނަ ރައްޔިތުން ތަކެއް ބައިވެރިވުމަށް ނިންމާފައިވާކަމަށާއި އައްޑޫ އޮތް ގޮތް މިހަރަކާތުން ހާމަވެގެންދާނެކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...