16 ފެބުރުއަރީގައި ސިޔާސީ ފަރާތްތަކުން ހިންގަން ރާވާފައިވާ ޤާނޫނާއި ޚިލާފު ޚަރަކާތައް ފުރުޞަތެއް ނުދޭނަން : ސަލާމަތީ ބާރުތައް

ޕޮލިސް ސްޕޯކްސް ޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އަދި އެމް.އެން.ޑީ.އެފް ގެ ކެޕްޓަން އާދަމް އާޒިމް

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، މާލެއަށް މީހުން ގެނެސްގެން ގާނޫނާ ޚިލާފު އަމަލުތައް ހިންގާނަމަ ގާނޫނުގައިވާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ. ސަލާމަތީ ބާރުތަކުން މިހެން ގޮވާލާފައިވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހު މާލޭގައި ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިސްކަންދަރުކޮށީގައި ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ، މި މަހުގެ 16 ވަނަދުވަހު ސަރުކާރާ ދެކޮޅު ފަރާތްތަކުން ބޭއްވުމަށް ރާވާފައިވާ ހަރަކާތަކީ ޤައުމުގެ އަމާންކަން ނަގާލާ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ރާވާފައިވާ ޙަރަކާތެއްކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޚާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ، އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވިޔަސް ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތައް ޤައުމު އަމާންކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ދިވެހި ފުލުހުން އަޅާނެ ކަމަށް ޝިފާނު ވިދާޅުވިއެވެ.

ގައުމީ ދިފާޢީ ބާރުގެ ފަރާތުން ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 236 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ސުލްހަވެރިކަމާއި ، އަމާންކަމާއި މިނިވަންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށް ފަހިކޮށްދިނުމަކީ ސަލާމަތީ ބާރުތަކަށް އޮތް ޒިންމާއެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށް ، މިހާރު ރާއްޖޭގައި ޤާއިމުވެފައިވާ އަމާންވެށި ދެމެހެއްޓުމަށް ދިވެހި ފުލުހުންނާއި ގުޅިގެން ދިވެހި ސިފައިން މަސައްކަތް ކުރައްވަމުންދާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި ސަރުކާރާ ދެކޮޅު ފަރާތްތަކުން 16 ފެބުރުއަރީގައި ބޭއްވުމަށް ނިންމާފައިވާ ޙަރަކާތަކީ މާލޭގެ ހަމަޖެހުން ނަގާލަން ބާއްވާ ހަރަކާތެއް ކަމަށް ވިދާޅުވި. އަދި އިދިކޮޅު ފަރާތްތަކުން ގޮވާލާ ގޮވާލުމަށް އެއްވެސް ރައްޔިތަކު އިޖާބަނުދިނުމަށް ވެސް އާޒިމް ގޮވާލެއްވިއެވެ. 

މި ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ، މިހާރުވެސް ޤައުމު ހަލަބޮލިކޮށްލުމަށް ތަފާތު އެކިއެކި ކަންކަން ކުރަމުން ދާ ކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށް. މިގޮތުން އައްޑު ސިޓީގެ ގެއަކާއި ދެ ތަނެއްގައި ރޯކޮށްލާފައިވާކަމަށާއި ، އެ މަައްސަލަތައް ތަހުޤީގު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ޤާއިމު ކޮށް އަމާންވެއްޓެއް ޤާއިމުކުރުމަށް ދިވެހި ފުލުހުން މަސައްކަތް ކުރާނީ އެކަތި ގަނޑެއްގެ ގޮތުގައި ތިބެގެން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޤައުމު ހަލަބޮލިކޮށްލުމަށް ކުރާ އެއްވެސް ކަމެއް ޓޮލަރޭޓް ނުކުރާނޭކަމަށާއި އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ޝިފާން ވަނީ ގޮވާލައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...