ޒުވާނުންނަށް މަގު ދައްކައިދީ ބާރުވެރިކުރުވީ ރައީސް ޔާމީން: ޒުވާނުން

ޒުވާނުންނަކީ މިގައުމުގެ މުސްތަގުބަލުކަން ދަނެ، މަގުން ކައްސާލާފައި ތިބި ޒުވާނުން އަލުން އަނބުރާ މުޖުތަމަޢުގެ ތެރެއަށް ގެނެސްދެއްވާ ޒުވާނުންނަށްޓަކައި ވެރިކަން ކޮށްދެއްވާ ހަމައެކަނި ރައީސްއަކީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށް ދިވެހި ޒުވާނުން ބުނެފިއެވެ.

"ވަރަށް ވާންކޮށް ރައީސް ޔާމީނާއި އެކު" މިނަމުގައި ދިވެހި ޒުވާނުން އިސްނަގައިގެން ޕީޕީއެމް ރުމާލު 2 ޖަހައިގައި ބޭއްވި ޖަލްސާގައި ޒުވާނުން ވަނީ އެ ޒުވާނުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މިގޮތުން ވާހަކަދެއްކި ހުރިހާ ޒުވާނުންވެސް ވަނީ ޒުވާނުންގެ މުސްތަގުބަލަށްޓަކައި ރައީސް ޔާމީން ކޮށްދެއްވަމުންދާ ކަންތައްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މިސަރުކާރަކީ ޒުވާނުންނަށްޓަކައި ފަހި ކަންތައްތަކެއް ކޮށްދެއްވަމުންދާ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ. 


ދެ ޖިންސުގެ ޒުވާނުންގެ ބައިވެރިވުމާއި ކުރިއަށް ގެންދިޔަ މި ޖަލްސާގައި ޒުވާނުން ވަނީ މި ވެރިކަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގާފައި ހުރި ޕްރޮޖެކްޓްތަކަށް އަލިއަޅުއްވާލައްވާ ޝުއޫރު ފާޅުކޮށްފައެވެ. މިގޮތުން ޒުވާން ވިޔަވާރިވެރިން އުފެއްދުމަށް ދެމުންގެންދާ ގެޓްސެޓް ލޯން ސްކީމާއި، ޒުވާނުންނަށް ޚާއްސަ ކޮށްގެން އަޅާ ފުޓުސަލް ދަނޑުތަކާއި، ސްޕޯޓްސް އެރީނާ ތަކަކީ ހަމައެކަނި ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ޒުވާނުންނަށް ލިބުނު ހަދިޔާތައްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޒުވާނުންނަށް ޚާއްސަކޮށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވާދެއްވައި، ބިތްޖެހިފައި ތިބި ޒުވާނުންނަށް މަގު ދައްކާ އަލުން މުޖުތަމައުއަށް ނެރެދެއްވީވެސް ރައީސް ޔާމީން ކަމަށްވެސް ޒުވާނުން ވަނީ ބުނެފައެވެ. އަދި ޒުވާނުން ތިބީ ރައީސް ޔާމިންގެ ތަރައްޤީގެ ސިޔާސަތާއި އެކުގައި ކަމަށާއި، ރައީސް ޔާމިން މި ޤައުމަށް ތަރައްޤީގެ ބަހާރު މޫސުމެއް ގެނެސްދީފައިކަމަށްވެސް ޒުވާނުން ވަނީ ފާހަގަ ކުރައްވާފައެވެ.


މީގެ އިތުރުން ޒުވާނުން ވަނީ ދިވެހި ޤައުމަށް ގެންނަށް އުޅުނުކަމަށް ބުނާ ބަޣާވާތާއި ޒުވާނުން ކަނޑައެޅިގެން ދެކޮޅުކަން ހާމަކޮށްފައެވެ. އަދި މި ޤައުމާއި ދީނުގެ ދިފާއުގައި ކެރިގެން ހުރިހާ ޒުވާނުންވެސް ނިކުންނާނެކަމަށް ވާހަކަ ދެއްކި ހުރިހާ ޒުވާނުންވެސް ވަނީ ބުނެފައެވެ. އަދި ބަޣާވަތަކުން ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވޯޓަކަށް ގޮސްފިނަމަ، އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުވާނެކަން ޔަޤީންވާތީކަމަށްވެސް ޒުވާނުން ފާހަގަކުރިއެވެ. އަދި މި ޤައުމަށް ބޭރުގެ ސިފައިން އަރާ އަޅުވެތިކުރުމަށް ގޮވާލި ގޮވާލުން ކުށްވެރިކޮށް، އެގޮތަށް ގޮވާލި ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ދިވެހި ޒުވާނުންވަނީ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. 


ޒުވާނުންވަނީ ޤައުމަށް ދިމާވި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ރައީސް ޔާމީން ދެއްކެވި ލާމަސީލު މިސާލަށް ޝުކުރު އަދާކުރައްވާ އެމަނިކުފާނާއެކު އަބަދުވެސް ދެމިތިބޭނަކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ދިވެހިން މާކަނޑަށް ފެތެން ދޫކޮށް، ރައީސް ޔާމީނު ނުފިއްލަވާނޭ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ޒުވާނުންވަނީ ހާމަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...