ރައީސް ޔާމީން ރަޝިޔާގެ ރައީސްއަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފި

ރަޝިޔާގެ ވެރިރަށް މޮސްކޯ ކައިރިއަށް ރަޝިޔަން އެއަރލައިންސްގެ މަތިންދާ ބޯޓެއް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކު މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީންގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ރަޝިޔާގެ ރައީސަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.  އަދި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށާއި، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މެސެޖުގައި ވަނީ މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...