ރޮހިންޔާ މުސްލިމުން މެރި މައްސަލައިގައި ބައެއް މީހުންނަށް އަދަބު ދެނީ

މިޔަންމާގެ ރަޚައިން ސްޓޭޓްގައި އެޤައުމުގެ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި ރޮހިންޔާ މުސްލިމުންގެ އެތައް ބަޔަކު މަރާލާފައިވާތީ މިޔަންމާގެ 7 ސިފައިންނަށް އަދަބު ދޭން ނިންމައިފިއެވެ.

މިޔަންމާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކާއި ގުޅިގެން މިޔަންމާގެ 7 ސިފައިންނާއި، 3 ފުލުހުންގެ އިތުރުން އާއްމުންގެ ތެރެއިން 6 މީހަކަށް އަދަބު ދިނުމަށް ނިންމާފައިވާ ކަމަށެވެ.  އަދި އެމީހުންނަށް ދޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބު ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ރޮހިންޔާ ދަރިކޮޅުގެ އެތައް ބަޔަކު ޤަތުލު ކުރި މައްސަލައިގައި ބައެއް ފަރާތްތަކަށް އަދަބު ދޭން މިޔަންމާ ސަރުކާރުން ނިންމާފައި މިވަނީ ވަޅުލާފައިވާ ރޮހިންޔާ ދަރިކޮޅުގެ ބައެއް މީހުންގެ ހަށިތަކެއް ފެނިފައިވާ ދަނޑިވަޅެއްގައެވެ.

ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގެ ރަހައިން ސްޓޭޓްގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް 2017 ވަނަ އޮގަސްޓްމަހުގައި ހިންގި ޖަރީމާތަކުގައި މިޔަންމާ ސިފައިންގެ ތެރެއިން އެތައް ބަޔަކު ބައިވެރިވެފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ ސަރުކާރުން ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ހަމަލާ ދީފައިވަނީ ޓެރަރިސްޓުންތަކެއް މެރުމަށް ކަމަށް ބުނެ. އެ ޖަރީމާތަކުގެ މިނިވަން ތަހްގީގެއް ކުރުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...