"ދީނީ ހަރުކަށި ފިކުރުގެ އެއްވެސް ބަޔަކު ފުލުހުންގެ މުއައްސަސާގައި ނުތިބޭނެ"

ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ދީނީ ހަރުކަށި ފިކުރުގެ މީހުން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރަމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޮގުކޮށްފި އެވެ.



"ޓައިމްސް އޮފް އިންޑިއާ" އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ސީރިއާ އާއި އިރާގުގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތައް ދިވެހިރާއްޖޭގެ ފުލުހުންގެ މުވައްސަސާގައި މިހާރު މަސައްކަތް ކުރަމުން ދާކަމަށެވެ. ފިތުނަ އުފެދޭގޮތަށް އަބަދުވެސް ވާހަކަ ދައްކަވަމުންދާ ކުރީގެ ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ ކިހިނެއް ހޯދާފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމެއް ވިދާޅުވެފައެއްނުވާކަން ފާހަގަކޮށްލެވެއެވެ.


މިވާހަކަތަކާއި ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މުވައްސަސާގެ އިތުބާރު ގެއްލުވާލުމަށްޓަކައި ފަތުރަމުންދާ މި ފަދަ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފުލުހުންގެ މުވައްސަސާ އަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދާދޭ މުވައްސަސާ އެއް ކަމަށާއި ކުރީގެ ރައީސެއް ދައްކަވާފައިވާ މި ވާހަކަތަކަކީ މުވައްސަސާގެ އަގު ވައްޓާލުމަށްޓަކައި އަމިއްލަ ފައިދާ އަށް ދައްކަމުންދާ ސާބިތުނުކުރެވޭނެ ވާހަކަތަކެއް ކަމަށް އެ މުވައްސަސާއިން ގަބޫލުކުރާ ކަމަށެވެ.


ފުލުހުން ބުނީ މިފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް އިލްތިމާސް ކޮށް ފުލުހުން ބުނެފައި ވަނީ މި ފަދަ އަމަލުތައް ތަކުރާރު ކުރަމުންދާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެ މުވައްސަސާއިން އަޅަމުންދާނެ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...