އިވާއާއި އޭނާގެ ފިރިމީހާގެ ފުށުން ފެނުނު ދުރޫސުލް އަޚުލާޤާއި ޚިލާފު އަމަލުތައް!


ރައްޔިތުން މަޖިލީހުގެ މެމްބަރު އިވާ އަބްދުﷲއާއި އޭނާގެ ފިރިމީހާގެ ފަރާތުން އަދަބު އަޚުލާޤާއި އިޙުތިރާމް ކުޑަ އަމަލުތަކެއް ހިންގާފައިވާ ވީޑިއޯއެއް ޓުވިޓާ ގައި އާންމުކޮށްފިއެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުން ދާ ވީޑިއޯއެއްގައި ރައްޔިތުން މަޖިލީހުގައި "އިއްޒަތްތެރި" މެމްބަރުގެ ލަގަބު ހިއްޕަވައިގެން ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި އޭނާ ފިރިމީހާ ކަމުގައިވާ އަހްމަދު ޝާހިދު ( ޝާބެ) ވަނީ ދުރޫސުލް އަޚުލާޤާއި ޚިލާފު މަލާމާތް ރައްދުވާ ބަސްތަކެއް ހެލްތް މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރ ދުންޔާ މައުމޫން އަށް އަމާޒުކޮށްފައެވެ.

މީސް މީޑިއާގައި ދުންޔާ މައުމޫން އާއި އެކަމަނާގެ ފިރިކަލުން ޝުޢައިބް ޝާހް ދުންޔާގެ ބައްޕަ މައުމޫން އަބްދުލް ގައްޔޫމް ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން އެކަމުގެ ހިތާމަފާޅުކޮށްފައިވާ ވީޑިއޯ އަށް މަލާމާތް ރައްދުވާފަދަ ވީޑިއޯއެއް އީވާއާއި އޭނާ ފިރިމީހާ ވަނީ ޢާންމުކޮށްފައެވެ.

މި ވީޑިއޯގައި އީވާ ކައިރީގައި އޭނާ ގެ ފިރިމީހާ އިން އިރު، އީވާ ވީޑިއޯގައި ކިޔަމުން ދަނީ އީވާ ގެ ދެބެންގެ ދެދަރި ބޭބެ ނަޝީދު ޖަލައް ލީ ދުންޔާ މައުމޫންއާއި ހެދިގެން ކަމަށް. އަދި ނަޝީދު ޖަލައް ދާން ޖެހުނީ ދުންޔާގެ ސަބަބުން ކަމަށް އީވާގެ ވީޑިއޯގައި ބުނެފައިވެއެވެ. އަދި މައުމޫން އަބްދުލައްގައްޔޫމް ޖަލަށް ދާން ޖެހުނީ ނަޝީދުއާއި ބައިއަތު ހިފުމުން ކަމަށާއި އެހެން ނަމަވެސް ދުންޔާ ހުންނާނީ މި ސަރުކާރާއި އެކު ކަމަށް ބުނެ މަލާމާތުގެ ރާގުގައި ދުންޔާ އަށް ފާޑުކިޔާފައިވެއެވެ.


އީވާ ދުންޔާގެ ދެއްވި ސުޓޭޓްމަންޓްއަށް މަލާމާތް ކޮށްފައިވާ އިރު، ދުންޔާ އާއްމު ކުރި ވީޑިއޯގައި ހަމައެކަނި ބުނެފައިވަނީ އޭނާގެ ބައްޕަގެ ހާލާ މެދު ކަންބޮޑުވާ ކަމަށާއި ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަންކޮށް ރާއްޖެއަށް ތަރައްޤީގެ ބޮޑެތި ބަދަލު ތަކެއް ގެނެސްފައިވާ ޝަޚުސަކަށް މައުމޫން ވެފައިވާތީ، އެމަނިކުފާނު ޖަލުގައި ހުންނަން ޖެހުމަކީ ދުންޔާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.


އެހެން ނަމަވެސް، އީވާ އާއި އޭނާގެ ފިރިމީހާ ކުޅެފައިވާ ވީޑިއޯގައި ދެމީހުންގެ ފުށުންވެސް ފެނުނީ މާލާމާތާއި އަދަބު އިހުތިރާމް ކުޑަ ގޮތަކަށް ކުރީގެ ރައީސް މައުމޫންއަށާއި ދުންޔާ އަދި ދުންޔާގެ ފިރިކަލުންނަށް ފުރައްސާރަ ކޮށްފައިވާ މަންޒަރެވެ. އެގޮތުން އީވާގެ ފިރިމީހާ ވަނީ ޝުއައިބް ޝާހް، މައުމޫންގެ ޅީދަރިއެއްގެ ހައިސިއްޔަތުން މައުމޫން ހުރި ހާލާ މެދު ކަންބޮޑުވާކަމަށް ދެއްކެވި ވާހަކަތަކައް މަލާމާތް ކޮށްފައެވެ.

ޝުއައިބް ގެ ވާޙަކައައިގައި އެ އާއިލާއަކީ ވަރަށް ބަދަހި އާއިލާއެއް ކަމަށާއި، މައުމޫން ނެތުމުން އެ އާއިލާއަށް އުނދަގޫތަކެއް ކުރިމަތިވެފައިވެފައިވާކަމަށް ވިދާޅުވެފައިވޭ. އީވާގެ ފިރިމީހާ ޝުއައިބް ދައްކާފައިވާ ވާހަކަތައް ނަކަލު ކޮށް އެ ކަމަށް މަލާމާތް ކުރަމުން ދިޔއަިރުއީވާ ކައިރީގައި ހެވިފައި އިންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ބާލިޣުވެފައިވާ ކޮންމެ މީހަކީ ގައުމުގެ މަސްއޫލްވެރި މަގާމްތަކައް ކުފޫ ހަމަވާ ބަޔަކަށް ނުވާނެ ކަމަށް ބުނާ ބުނުން މިއަދު އީވާގެ ފަރާތުން ސާބިތުވެފައި ވާއިރު، ރައްޔިތުން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ އީވާ ވަނީ އޭނާގެ ދާއިރާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުން ލަދުގަންނަވާލާފައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުނެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ހުވައިގައި މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ރިވެތި ސިފަތަކެއް ހުންނަންވާނެ ކަމަށް ބުނެފައިވާއިރު، އީވާ މަޖިލީހުގައި ދެވަނަ ދައުރެއް ފުރުއްވަމުން ދާއިރުވެސް އޭނާ ވަނީ މިއަދު މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މައްދާ އާއި ހިލާފު ވާނެ ފަދަ އަމަލްތައް އެކި ފަހަރު މަތިން ހިންގާފައެވެ.

މަޖިލީހުގެ މެމްބަރުންގެ އަމަލްތައް ބަހައްޓަން ވާނީ ގަދަރާއި ޝަރަފާ ކަރާމާތާއި އަބުރު ހިފެހެއްޓަން ޖެހޭނެ ފަދައިން ކަމަށް މަޖިލީހުގެ ގަވައިދުގައި އޮތް އިރު، ސުލޫކީ ހަމަތަކާއި ހިލާފަށް އީވާ ހިންގި މިއަމަލުގެ ސަބަބުން ރައްޔިތުންނާއި ކަނބަލުންގެ އިހުތިރާމް ކުޑަވެގެންދާނެއެވެ.


އީވާގެ އުފަންދުވަހާއި ދިމާކޮށް ނެރުނު މި ވީޑިއޯގައި އޭނާ ވަނީ ރާއްޖޭގައި އަންނަނިވި ޖީލުތަކައް ނޭދެވޭ މެސެޖްއެއް ފޯރުކޮށްދީފައި ކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުނެވެ. އަދި މައުމޫންއާއި އެމަނިކުފާންގެ ދަރިކަނބަލުންގެ ކަރަމާތާއި އިއްޒަތް ކިލަނބުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ދައުރުވާ ކޮމެންޓުތަކުގައި އާންމު ފަރާތްތަކުން ދަނީ ބުނަމުނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...