ނަޝީދަށް މިފަސްގަނޑުން ދުވަހަކުވެސް ޖާގަ ދީގެންނުވާނެ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދުނިހާންހުސެންމަނިކް- ފޮޓޯ: ސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިގައުމުގެ ފަސްގަނޑުން ދުވަހަކުވެސް ޖާގަ ދީގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލި މާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެންމަނިކް ވިދާޅުވެއްޖެއެވެ. ނިހާން މިފަދައިން ވިދާޅުވީ މަގޭދީނާއި މަގޭގައުމުގެ ނަމުގައި ރޭ އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 


ރޭ އަލިމަސް ކާނިވަލުގައި މަގޭދީނާއި މަގޭ ގައުމުގެ ނަމުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީލީޑަރު އަދި ވިލި މާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެންމަނިކު ވިދާޅުވީ ކުރީގެ ރައީސް ނަޝީދަކީ މިގައުމުގެ ފަސްގަނޑުން ދުވަހަކުވެސް ޖާގަ ދީގެންވާނެ މީހެންނޫންކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ 12 ވަރަކަށް އަހަރުގެ ކުރު ތާރީހުގައި ރާއްޖެއަށް އެންމެ ގިނަ ގެއްލުންތައް ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން ނިހާން ފާހަގަ ކުރެއްވިއެވެ. އަދި މިގައުމު ކިތަންމެ ކުޑަޔަސް މި ގައުމުގެ މިނިވަންކަން ނަގާލާކަށް ވެލި މުށެއްގެ މިންވަރުވެސް އެހެން ބަޔަކަށް ދޭން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާން ވިދާޅުވީ، މިމަހުގެ އެއްވަނަ ދުވަހު ސްޕްރީމްކޯޓުން ނެރުނު އަމުރުގެ ސަބަބުން ހިނގާދިޔަ ކަންތައްތަކާއި ބެހޭގޮތުން ނަޝީދު ކުރެއްވި ޓްވީޓް ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް މާނަ ކުރަން ނޭނގުނު ކަމަށެވެ. އަދި އިނގިރޭސި ބަހުން ކޮށްފައިވާ އެ ޓްވީޓްގައި ވަނީ، އިންޑިއާގެ އަސްކަރިއްޔާ ފޮނުވައިގެން ރާއްޖޭގައި ބަންދުކޮށްފައި ތިއްބެވި ފަނޑިޔާރުންނާއި، ސިޔާސީ ބޭފުޅުންނާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައި ކަމަށް ނިހާން ވިދާޅުވި އެވެ.

ރޭ އަލިމަސްކާނިވާ ސަރަހައްދުގައި ސަރުކާރު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲޔާމީން އަބްުލްގައްޔޫމްގެ ދެކަނބަލުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންނައި ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވޭ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ފޮޅި 10 ފެބުރުއަރީ 2018 - 15:03

    ތިޔަ އަންނިއަކީ ރާއްޖެއަށް ދުވަހަކު ވެސް ހެޔޮ އެދޭނެ މީހެއް ނޫން. އަންނިގެ ކިބައިން ގައުމު ސަލާމަތް ކުރަން ރައްޔިތުން ޖިހާދު ކުރަންޖެހޭ

ގުޅުން ހުރި
"ޖެނެރަލް މުސްތަފާ"
Loading...