ގައުމަށް ޣައްދާރުވުމުގެ ގޮތުން ހިންގަމުންދާ ޖަރީމާތައް ބަލާ ފިޔަވަޅު އަޅަމުންދާނެ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދުނިހާންހުސެންމަނިކް -ފޮޓޯ: ޗެނަލް 13

ގައުމަށް ގައްދާރުވުމުގެ ގޮތުން ހިންގަމުންދާ ޖަރީމާތައް ދައުލަތުގެ ފަރާތުން ބަލާ ފިޔަވަޅު އަޅަމުންދާނީ ވަކި ޕާރޓީއަކުން ނުވަތަ ވަކީމީހަކު ބުނެގެންނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެންމަނިކް ވިދާޅުވެއްޖެއެވެ. ނިހާން މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. 


ޕީޕީއެމްއިން ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެނަބްރު އަހުމަދު ނިހާން ހުސެންމަނިކް ވިދާޅުވީ ގައުމަށް ގައްދާރުވުމުގެ ގޮތުން ހިންގަމުންދާ ޖަރީމާތައް ދައުލަތުގެ ފަރާތުން ބަލާ ފިޔަވަޅު އަޅަމުންދާނީ ވަކި ޕާރޓީއަކުން ނުވަތަ ވަކީމީހަކު ބުނެގެންނޫންކަމަށެވެ. އެގޮތުން ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލާ ގައުމަށް އަރައިގަތުމަށް ގޮވާލާ މީހަކީ ގައުމުގެ ގައްދާރެއްކަމަށެވެ. އަދި އެމީހަކާއި މެދު ދިވެހި ދައުލަތުން ފިޔަވަޅު އަޅަންޖެހޭނެކަމަށް ނިހާން ވިދާޅުވިއެވެ. އަދި މިފަދަ ވާހަކަތަކާ އަމަލްތަކަކަކީ ސަމާސާ ވާހަކަތަކެއްނޫންކަމަށާއި އެހެންކަމުން އެފަދަ ވާހަކަތައް ދައްކާއި އަދި އަމަލްތައްކުރާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ގާނޫނު އަރާ ހަމަކުރުމަށް ޖާގަ ދޭންޖެހޭނެކަން ފަހަގަ ކުރައްވާ ނިހާން ވިދާޅުވީ، އެފަދަ މައްސލަތައް ބަލާ ފިޔަވަޅު ނާޅާނަމަ ގައުމުގައި ހަމަނުޖެހުން ހިންގަން ދެން ތިބި ބަޔަކަށް ފުރުސަތު ދެވެނީ ކަމަށް ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން މަގޭ ދީނާއި މަގޭ ގައުމާއި ނުކުޅެއްޗޭ މިބަހަކީ ފުލުހުންނާއި ގައުމީ ސަލާމަތީ ބާރުތަކުގެ އަތްމަތީ ބަހެއްކަމަށާއި އަދި އެއީ އެބޭކަލުންގެ އަޒުމެއްކަމަށް ނިހާން ވިދާޅުވިއެވެ. އަދި މިއަދު ގައުމުގެ ރައްޔިތުން އެއްބައިވަންތަ ވަނީ ދިވެހި ފުލުހުންނާއި ސިފައިންނާއި އެކުކަމަށާއި ގައުމަށް އަންނަ މިފަދަ ކޮންމެ ހުތޫރަތްތެރި ދަނޑިވަޅެއްގައި ދިނާއި ގައުމާއި ގައުމުގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ މަތިވެރި ވާޖިބު އަދާކޮށްފައިވަނީ ގައުމުގެ ސިފައިންނާއި ފުލހުންކަމަށް އޭނާ ވިދާޅުވި އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...