ސްޕެނިޝް ކޮޕާ ޑެލް ރޭގެ ފައިނަލަށް ސެވިއްޔާ ދަތުރުކޮށްފި

ލެގަނޭސްގެ މައްޗަށް ހޯދި ކާމިޔަބާއެކު ސްޕެނިޝް ކޮޕާ ޑެލް ރޭގެ ފައިނަލަށް ސެވިއްޔާއިން ދަތުރުކޮށްފިއެވެ.

ސެވިއްޔާއިން ކޮޕާ ޑެލް ރޭގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި 2-0 ގެ ނަތީޖާއަކުން ލެގާނޭސް ބަލިކުރުމަށްފަހުގައެވެ.

ލެގާނޭސްގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ލެގުގައި 2-0 ގެ ނަތީޖާއަކުން ލެގާނޭސް ބަލިކުރުމަށްފަހު ސެވިއްޔާއަށް އެ މުބާރާތުގެ ފައިނަލުން ޖާގައެއް ލިބިފައިވަނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ލިބިގެންނެވެ. މިއީ ސެވިއްޔާއިން ސްޕެނިޝް ކަޕުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ.

އެ ޓީމުން ސްޕެނިޝް ކަޕުގެ ފައިނަލަށް އެންމެ ފުރަތަމަ ކޮލިފައިވެފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ އަހަރު ސްޕެނިޝް ކަޕުގެ ފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު މުބާރާތުގައި ތަށި ކާމިޔާބުކުރީ ބާސެލޯނާއެވެ.

މިއަހަރުގެ ކޮޕާ ޑެލް ރޭ މުބާރާތުގައި ސެމީ ފައިނަލްގެ އެއްކޮޅުން ސެވިއްޔާއިން މޮޅުވެފައިވާއިރު، އަނެއް ކޮޅުން ވާދަ ކުރަނީ ބާސެލޯނާއާއި ވެލެންސިއާއެވެ. ސެމީގެ ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފައިވާއިރު، ސެމީގެ ދެވަނަ ލެގު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރޭ ވެލެންސިއާގެ ދަނޑުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...