މި ސަރުކާރުގެ ވެރިކަން ފުރޮޅާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ނުނަގާ އެއްވެސް ހަތިޔާރެއް ނެތް- ނާޒިމް

ރުމާލު 2 ޖަގަހައިގަ ބޭއްވި ޖަލްސާގައި މިނިސްޓަރ ނާޒިމް ވާހަކަދައްކަވަނީ: ފޮޓޯ ޗެނަލް13

ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ފުރޮޅާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ނުނަގާ އެއްވެސް ހަތިޔާރެއް މިހާރު ނެތްކަމަށާއި، އެހުރިހާ ކަމެއްވެސް ނާކާމިޔާބު ވެފައިވާކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.



ޕީޕީއެމް އިން ރުމާލު 2 ޖަގަހައިގަ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ އިތުބާރާ ތާއީދު އެތައް ގުނަޔަކަށް އިތުރުވެގެންދިޔަ ދުވަހެއްކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގައި ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި އެތައް ސަފްޙާއެއް ލިޔަންޖެހޭ އިބުރަތްތެރި ދުވަސްތަކެއްގެ ގޮތުގައި މިނިސްޓަރ ނާޒިމް ސިފަކުރެއްވިއެވެ.


މިނިސްޓަރ ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޙް ބައްލަވާލެއްވުމުން އެންމެ އުނދަގުލުން ރިޔާސީ އިންތިޙާބެއް ކާމިޔާބުކުރި ވެރިއަކީ ރައީސް ޔާމީން ކަން އިނގޭނެކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމާ، ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ޤައުމުގެ ވެރިކަން އަމިއްލަ އެދުމާއިގެން ނިގުޅައިގަންނަން ބޭނުންވެފައިތިބި ބަޔަކު އެމީހުންގެ މަގުސަދު ހާސިލް ކުރުމަށް ނުނަގާ ހަތިޔާރެއް ނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެގޮތުންނެގި އެންމެ ނުރައްކާތެރި ހަތިޔާރަކީ ޤައުމުގެ އަދުލު އިންސާފުގެ ކަންކަން ތަރުތީބު ކުރެވިފައިވާ ނިޒާމް ފުނޑާލަށް މަސައްކަތްކުރުމަށްނެދި ހަތިޔާރު ކަމަށް ނާޒިމް ވިދާޅުވިއެވެ.


ޤައުމެއްގެ ސިޔާސީ ހަޔާތުގައި ކުރިމަތިލާނެ އެންމެހާ ބިރުވެރި ދުވަސްތަކާ މިސަރުކާރުން ކުރިމަތިލާފައި ވާކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ ހުރިހާ އަސާސީ ހައްޤުތަކެއް އޭގެ އެންމެ ފުންމިނުގައި ދިވެހި ދައުލަތުން ވޭތުވެދިޔަ ސަރުކާރުތަކުގައި ނުދޭހާ ރަނގަޅަށް ދެމުންދާއިރު، އިދިކޮޅު ފަރާތްތަކުގެ އަމިއްލަ އެދުން އިސްކޮށް ސަރުކާރު ވައްޓާލަން އިދިކޮޅުން ކުރި މަސައްކަތްތައް މިނިސްޓަރ ނާޒިމް ކުއްވެރި ކުރެއްވިއެވެ.


ނާޒިމް ވިދާޅުވީ ދިވެހި ދައުލަތް މަލްޓި ޕާޓީ ޑިމޮކްރެސީގެ 5 އަހަރު ވޭތުކުރަމުންދާއިރު، ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅަށް ކަށަވަރުވާ އެއް ކަމަކީ މަލްޓި ޕާޓީ ޑިމޮކްރެސީ ނިޒާމެއްގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބާރުތައް ތަރުތީބު ކުރެވިފައި އޮތް ގޮތް ކަމަށެވެ. އެހެންނަމަވެސް ކުރިން ވެރިކަން ކޮށްފައިތިބި 2 ރައީސް އެއްގެ ސިކުނޑިއަށް މިކަން ދިވެހި ރައްޔިތުންނަށް ރަނގަޅަށް އެނގޭކަށް ނުވިސްނުނުކަމީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.


މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސް ޔާމީން މި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ގެންގުޅުއްވި ހިކުމަތުގެ އަމަލުން ކަށަވަރު ކޮށްދެނީ ޤައުމަށްޓަކައި ވެރިން އަންނަން ޖެހެނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި ޤައުމެއްގެ ހަޔާތުގައި އުނދަގޫ ވަގުތުތައް އަންނައިރު، އެ ވަގުތުތަކާ ރައީސް ޔާމީން ކުރިމަތިލީ ރައްޔިތުންނަކީ އެންމެ މުހިއްމުބައި ކަމުގައި ވިސްނުންފުޅު ގެންގުޅުއްވައިގެން ކަމަށެވެ.



މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...