ބީއެމްއެލްއިން ވިލިމާލޭގައި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގް ސެންޓަރެއް ޤާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ވިލިމާލޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކޮށް، 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބީއެމްއެލްއިން ބުނީ މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ ބޭންކުގެ ބްރާންޗަށް ވެސް ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ވިލިމާލޭގައި ބީއެމްއެލްގެ އާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ޤާއިމުކޮށްފައިވަނީ ދިވެހި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުންނެވެ.

އެ ކެމްޕޭނުގެ ދަށުން މުޅި އަހަރަށް ރާވައިގެން 60 އަށް ވުރެ ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މިއަހަރުގެ ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ހަރަކާތްތަކާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރުން ތިމާވެއްޓާ ގުޅުން ހުރި ހަރަކާތްތަކެއް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...