ތިން ބާރު ވަކިވެފައިވާއިރު، އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވައިގެން ނުވާނެ- ނާޒިމް

މިނިސްޓަރ ނާޒިމް ޗެނަލް ތާރޓީންގެ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ތިން ބާރު ވަކިވެފައިވާއިރު، އެއް ބާރުން އަނެއް ބާރަށް ނުފޫޒުފޯރުވާ މުޅި ޤައުމު ހަލަބޮލި ކަމުގެ ތެރެއަށް ގެންދިއުމުގެ ހައްޤެއް އެއްވެސް ބާރަކަށް ލިބިގެންނުވާކަން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.


'މުޅިޤައުމު ރައީސް ޔާމީން އާއިއެކު' މި ނަމުގައި ޗެނަލް ތާރޓީން އިން ގެނެސްދޭ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ގައުމު ހަލޮބޮލިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލި ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސިއްޙީ ދާއިރާގެ އެއްވެސް ޚިދުމަތަކަށް ދަތިކަމެއް ނާންނާނެ ކަމަށެވެ.


އަދި ސްޕްރީމް ކޯޓްގެ ހުކުމްތަކާ ގުޅިގެން ރައީސް ޔާމީން އާއި މެދުގައި އުފެދިފައިވާ ވަރުގަދަ އިތުބާރަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ހިނގަމުން އަންނައިރު، އެއްވެސް ބާރަކުން އަނެއް ބާރުގެ ނުފޫޒްތައް ނަގާ، މުޅި ޤައުމު ހަލަބޮލި ކަމުގެ ތެރެއަށް ގެންދިއުމުގެ ހައްޤެއް އޭގެތެރެއިން އެއްވެސް ބާރަކަށް ލިބިގެންނުވާކަން ކަމަށެވެ. 


ޤައުމެއްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސްއެއްގެ ބޭނުން އެންމެ މުހިއްމު ވަގުތަކީ ޤައުމަށް ދިމާވާ ނާޒުކު ދަނޑިވަޅުތަކުގައިކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ޤައުމަށް ކުރިމަތިވާ ތަފާތު ހާލަތްތަކުގައި ޤައުމުގެ ރައްޔިތުންގެ ކަންކަން ތަރުތީބުކުރެއްވުމުގައި ކެތްތެރިކަމާ، ސާބިތު ކަންމަތީ ރައީސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭފަދަ މަސައްކަތްޕުޅެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ނާޒުކު ދަނޑިވަޅުތަކުގައިވެސް ހިތްވަރާއެކު ޤައުމާއެކުގައި ކުރިއަށްދާ ވެރިއެއް ކަމަށްވެސް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.


އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤައުމަށް ބަޤާވާތެއް ގެނައުމަށްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ބަޣާވާތް ކޮށްގެން ގައުމުގެ ވެރިކަން ފުރޮޅާނުލެވޭނެކަމަށެވެ. އަދި މިއަދު މި އިމްތިޙާން ކުރެވެމުން މިދަނީ ހަރުދަނާ ލީޑަރެއްގެ ހުރި ހަރުދަނާ ސިޔާސަތު ކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...