ޖަސްޓިން ޓްރޫޑޯ: އެންމެ ރީތި ބޮޑުވަޒީރަކީ މިއީތަ؟

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަކީ އެންމެ ދުނިޔޭގެ އެންމެ ރީތި ބޮޑުވަޒީރު ކަމަށް ގިނަ މީހުން ޤަބޫލް ކުރެއެވެ. ޖަސްޓިން ޓްރޫޑޯއަށް ކެނެޑާގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންފައިވަނީ 2015 ވަނަ އަހަރުގައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ޖަސްޓިން ގެންދަވަނީ ކެނެޑާގެ ލެބެރެލް ޕާޓީގެ ލީޑަރުކަން ކުރައްވަމުންނެވެ. ޖަސްޓިން ޓްރޫޑޯ އުފަންވެވަޑައިގެންފައިވަނީ، 1971 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުގައެވެ. 

ޖަސްޓިން ޓްރޫޑޯއަކީ ކެނެޑާގެ 23 ވަނަ ބޮޑުވަޒީރެވެ. ކެނެޑާގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވިއިރު، ޖަސްޓިން ޓްރޫޑޯގެ އުމުރުފުޅުން 43 އަހަރެވެ. ޖަސްޓިން ހިމެނިވަޑައިގަންނަވަނީ ކެނެޑާގެ ތާރީހުގައިވެސް އެޤައުމުގައި ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި އެންމެ ހަގު ބޭފުޅުންގެ ތެރޭގައެވެ. ޖަސްޓިންގެ ބައްޕާފުޅަކީވެސް ކެނެޑާގެ ބޮޑުވަޒީރުގެ މަޤާމް ފުރުއްވި ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން ޖަސްޓިން ޓްރޫޑޯ ވަނީ، އެކި ޖަމުއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭއްވި ޗެރިޓީ ބޮކްސިން މެޗުތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި ޖަސްޓިން އަކީ، އެކްޓިންގެ ހުނަރުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.  އެގޮތުން 2007 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ދަ ގްރޭޓް ވޯގެ ރޯލަކުން ޖަސްޓިން ވަނީ ފެނިގެން ގޮސްފައެވެ. 

ޖަސްޓިން ޓްރޫޑޯ އަކީ އޮޓާވާއަށް އުފަންވެވަޑައިގެންނެވި ހަމައެކަނި ބޮޑުވަޒީރެވެ.  ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން ޖަސްޓިން ޓްރޫޑޯ އަކީ، ހައި ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ފްރެންޗް، ޑްރާމާ، އަދި ހިސާބުވެސް ޓްރޫޑޯ ވަނީ އުނގަންނައި ދެއްވާފައެވެ. ޖަސްޓިން ޓްރޫޑޯ އެންމެ ބޮޑަށް މަގްބޫލްވެފައިވަނީ ދުނިޔޭގެ އެންމެ ރީތި ބޮޑުވަޒީރުގެ ގޮތުގައެވެ.

އެހެންނަމަވެސް ދުނިޔޭގެ އެތައް ބައެއްގެ ލޯބި ޖަސްޓިން އަށް ލިބިވަޑައިގަތީ އިތުރު ބައިވަރު ސަބަބުތަކެއްވެސް ހުރުމާއެކުގައެވެ. އެގޮތުން ރެފިއުޖީންނާއިމެދު އެމަނިކުފާނު ބަހައްޓަވާ ގާތްކަން ފާހަގަ ކޮށްލެވެއެވެ. ކެނެޑާއަށް ސީރިޔާގެ ރެފިއުޖީން ގެނައިރު ޖަސްޓިން ވަނީ އެފަރާތްތަކަށް މަރްހަބާ ދެންނެވުމަށް އަމިއްލަފުޅަށް އެއާޕޯޓަށް ވަޑައިގެން އެ ފަރާތްތަކަށް ވިންޓަރ ކޯޓްސް ބައްސަވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...