މަޢުމޫން ފަނޑިޔާރުންނަށް ރިޝްވަތު ހުށައެޅި މައްސަލަ ބަލާނަން- ޕީޕީއެމް

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒައިދުލް އަމީން ދެއްކެވި ވާހަކަތަކާއި ގުޅިގެން ޕީޕީއެމްއިން އެ މައްސަލަ ބެލުމަށް ނިންމައިފިއެވެ.


ޕީޕީއެމްގެ ލީޑަރޝިޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާާޅުވީ، ޒައިދުލް އަމީން މިރޭ ޗެނަލް 13 މެދުވެރިކޮށް އާއްމުކުރި ވީޑިއޯގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

ޕީޕީއެމްއިން މިފަދައިން ވިދާޅުވެފައިވާއިރު، ޒައިދުލް އަމީންގެ ވީޑިއޯގައި ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ކުރީގެ ރައީސް އަދި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްގެ ހިންގުމާއި ގުޅޭގޮތުން ހައިކޯޓަށް ހުށަހަޅާ އަދި ސުޕްރީމް ކޯޓުން ތާއިދުކުރި މައްސަލަގައި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަލީ ހަމީދަށް ނުފޫޒް ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މައުމޫން ކަމުގައިވިޔަސް ޤަނޫނާއި ހިލާފް ކަމެއް ކޮށްފިނަމަ އެކަން ބަލާނެ ކަމަށެވެ. އަބްދުއްރަހީމް ވަނީ މިއަދު ޝަރުއީ ދާއިރާއަށް ބާރު ފޯރުވަނީ ޕީޕީއެމްތޯ ސުވާލް އުފައްދާފައެވެ.

" މާދަމާ ޕީޕީއެމްގެ ފަރާތުން ފުލުހުންނާޢި ބައްދަލުކޮށް، ޒައިދުލް އަމީން ދެއްކެވި ވާހަކައިގެ މައޫލޫމާތު ހޯދުމަށް އެދޭނަން، އަދި މިކަމުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުށަހަޅާނަން" އަބްދުއްރަހީމް ވިދާޅުވިއެވެ.


ޒައިދުލް އަމީން ވަނީ މައުމޫންގެ ފަރާތުން އޭރު ފަނޑިޔާރު އަލީ ހަމީދުގެ ގެއަށް ގޮސް، އެ ގޭގައި ފަނޑިޔާރު އަލީ ހަމީދަށް އެކި އެކި ކަންކަން ކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ މައުމޫންގެ ނުފޫޒުން ނެރުނު އަމުރެއް ކަމަށް ޒައިދުލް އަމީން ވަނީ ތުހުމަތުކޮށްފައެވެ. ޕީޕީއެމްގެ ފަރާތުން ވަނީ މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުވަން އުޅުން މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...