ކައިވެނީގެ ހަފްލާއަށް ކެޓްރީނާއަށް ދައުވަތު ނުދޭނެ ކަމަށް ދިޕިކާ ބުނެފި

ދިޕިކާ އަދި ކެޓްރީނާ ކެއިފް.

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ދާދި ފަހުން ވަނީ އޭނާގެ ކައިވެނީގެ ހަފްލާއަށް އެކްޓްރެސް ކެޓްރީނާ ކެއިފްއަށް ދައުވަތު ނުދޭނެ ކަމަށް ބުނެފައެވެ.

ދިޕިކާ މިހެން ބުނީ "ބީއެފްއެފްސް ވިތް ވޯގް" ގެ އެޕިސޯޑެއްގައި އޭނާއާއި ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެމުންނެވެ. ދިޕިކާއާއި ކެޓްރީނާއާއި ދެމެދު އޮންނަ ކަމަށް ބުނެވޭ ރުޅިވެރިކަމަށް އަދިވެސް ނިމުން އައިސްފައެއް ނުވެއެވެ. ދިޕިކާއާއި ކެޓްރީނާއާއި ދެމެދު އުފެދިފައިވާ ރުޅިވެރިކަން އުފެދުނީ ދިޕިކާއާއި ރަންބީރްގެ ގުޅުން ނިމި އެދެތަރިން ރުޅިވި ހިސާބުންނެވެ.

ރަންބީރް ފަހުން ކެޓްރީނާއާއި ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އެދެމީހުންވެސް ވަނީ ބްރޭކްއަޕް ވެފައެވެ. ބެލުންތެރިންގެ ލޯބި ހޯދާފައިވާ ދިޕިކާއާއި ކެޓްރީނާ އެއް "ފްރޭމް"އެއްގެ ތެރެއިން ފެނިފައިވަނީ ވަރަށްވެސް މަދުންނެވެ.

"ބީއެފްއެފްސް ވިތް ވޯގް"ގެ ހޯސްޓް ނޭހާ ދުޕިއާ ވަނީ ދިޕިކާގެ ކައިވެނީގެ ހަފްލާއަށް ކެޓްރީނާއަށް ދައުވަތު ދޭނަންތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި ދިޕިކާ ވަނީ ވަގުތުން ނޫނެކޭ ބުނެފައެވެ.

ޒާތީ މައްސަލަތަކުގެ އިތުރުން، ބޮލީވުޑްގައި ބައެއް ތަރިންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރު ވުމުގެ ސަބަބުންވެސް ރަހްމަތްތެރިކަމުގެ ގުޅުން ނުބާއްވާ ގިނަ ތަރިން އުޅޭކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް، އެފަދަ ތަރިން ފަހުން ސުލްހަވެ، ގާތް އެކުވެރިންނަށްވެސް ވެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ރެސިޕީ: އަލުވި ކަވާބު
ރެސިޕީ: ޕާން ޕުޑިންގ
Loading...