އަމިއްލައަށް ކުނި އުކުމަށްޓަކައި ތިންހާސް ހަސަތޭކަ ފަރާތުން ވަނީ ރަޖިސްޓްރީކޮށްފަ : ވެމްކޯ


މިއަހަރުގެ މިހާތަނަށް އަމިއްލައަށް ކުނި އުކުމަށްޓަކައި ތިންހާސް ހަސަތޭކަ ފަރާތުން ރަޖިސްޓްރީ ވެފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ. އަމިއްލައަށް ކުނި އުކަން ބޭނުންވާ ފަރާތްތައް ވެމްކޯގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތާއި ގުޅޭގޮތުން ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރު ވެމްކޯއިން މާލެއިން ތިލަފުއްޓަށް ކުނި ގެންދިޔުމަށް ޓްރާންސްފަރ ފީ އެއް ނަގަންފަށާފައިވާކަމަށެވެ.


އެގޮތުން ހަތަރު ފޮރޮޅުލީ އުޅަނދުގެ އިތުރުން ފައިމަގުގައި އަންނަ ފަރާތްތަކާއި ބައިސްކަލް އަދި ސައިކަލުގައި އަންނަ ފަރާތްތަކުންވެސް ޓްރާންސްފަރ ފީ އެއް ނެގުމަށްޓަކައި އަގުތަކެއް ކަނޑައެޅުނުކަމަށް. އެހެންނަމަވެސް ރައްޔިތުންނަށް ލުއި ފަސޭހަގޮތް ތަކެއް ހޯދައި ދިނުމުގެ ގޮތުން ފީ ނަގަމުންދިޔައީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަދުފަހަރުން އެކަނިކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އަމިއްލައަށް ކުނި ނެގުމަށް ބޭނުންވާ ފަރާތްތަކަށް ވެމްކޯއިން ޑީ ކެޓަގަރީ ނުވަތަ އަމިއްލައަށް ކުނި އުކާލުމަށް އެދި ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ތިން ހާސް ހަސަތޭކަ ގޭ ބީސީތަކުން ރަޖިސްޓްރީވެފައިވާކަމަށް ވެމްކޯއިން ބުނެއެވެ.


އަދި މާލޭ ޓްރާންސްފަރ ސްޓޭޝަނަށްކުނި އުކަން ވަންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ކުނި އުކުމަށް ވެމްކޯގައި ރަޖިސްޓްރީ ކޮށް ސާފު ވެށި ކާޑު ނުވަތަ ޑީ ކެޓަގަރީގެ ރަޖިސްޓްރޭޝަން ކާޑު ނަގައިފައިވާ ފަރާތްތަކުން އެކެއް ފެބްރުއަރީ ން ފެށިގެން ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަނުގައި ހަރަކާތްތެރިވާ ޑިއުޓީ އޮފިސަރުންނަށް ސާފު ވެށި ކާޑު ދެއްކުމުން ގޭޓް ފީއަކާ ނުލައި ހިލޭ ކުނި އުކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.



އެހެންނަމަވެސް މި ކާޑު ނެތް ފަރާތްތަކުން ކުނި އުކާލާ ކޮށްމެ ފަހަރަކު ތިރީސް ރުފިޔާ ގޭޓް ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ކުނި އުކުމަށް ރަޖިސްޓްރީ ނުވެ ތިބި ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވުމަށް ވެމްކޯގެ އިންޑަސްޓްރިއަލް ވިލެޖްގެ ވެމްކޯ ފްރަންޓް އޮފީހުން އެފުރުސަތު ހުޅުވިފައިވާ ކަމަށް ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...