ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން ޖީޑީޕީ ދެ ގުނައަށް އިތުރު ކުރުން: ޝަހީރު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އާމަޒަކީ މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ޖީޑީޕީ ދެގުނައަށް އިތުރުކުރުމަށް ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެލައިޑް އިންޝުއަރެންސްއަށް 33 އަހަރު ފުރުމާއި ގުޅިގެން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ، ރާއްޖެ މިސްރާބު ޖަހާފައިވަނީ ދަށް އާމްދަނީއަކުން މެދު މިނެއްގެ އާމްދަނީއެއް ލިބޭ ގައުމަކަށް ވުމަށް ކަމަށެވެ. އަދި މި މިސްރާބަށް ވާސިލުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އަމާޒަކީ އެމަނިކުފާނުގެ ދައުރު ފެށުނުއިރާ އަޅާބަލާއިރު، އެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ޖީޑީޕީ ދެ ގުނައަށް އިތުރު ކުރުން ކަމަށާއި މި އަމާޒަށް ވާސިލުވުމަށްޓަކައި ވަރަށް ގިނަ ސިނާއަތްތަކުގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.

އެސްޓީއޯގެ ދަށުން މަސައްކަތްކުރާ ސަބްސިޑިއަރީ ކުންފުނިތަކާއެކު މުޅި އެސްޓީއޯ ގްރޫޕުގައި 5،000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. ޝަހީރު ވިދާޅުވީ އެސްޓީއޯ ގްރޫޕުގެ ސިޔާސަތަކީ ކުންފުނީގެ ފައިދާ އިތުރު ކުރުމުގެ ބަދަލުގައި އާންމުންނަށް އެންމެ އެކަށީގެންވާ އަގުތަކުގައި މުދަލާއި ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ޝަހީރުގެ ވަނީ އެސްޓީއޯ ގްރޫޕުގެ މަސައްކަތްތަކަށް ރައީސް ޔާމީން ދެއްވާ އެހީތެރިކަމަށާއި އިރުޝާދުތަކަށް ޝުކުރު އަދާކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...