އަލީ އާދަމް ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފި

އަލީ އާދަމް
އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ކޮންސުލްގެ މަގާމުގައި ހުންނެވި އަލީ އާދަމް ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް ބަދަލު ކޮށްފިއެވެ.

 ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން އަލީ އާދަމް ވިދާޅުވީ މި މަހުގެ 21 އިން ފެށިގެން ކޮންސުލްގެ މަގާމުން ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް އޭނާ އައްޔަން ކޮށްފައިވާ ކަމަށެވެ. އަލީ އާދަމް ވިދާޅުވީ ވީހާވެސް އަވަހަށް އޮފީހަށް ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. އަލީ އާދަމް ވަނީ ކޮންސިއުލޭޓުގެ ކޮންސުލްގެ މަގާމުގައި ހުންނެވި ދުވަސްވަރު، ދިއްލީ އާއި ޓްރިވެންޑްރަމްގައި ހުންނަ ކޮސިއުލޭޓާއި އަދި ފޮރިން މިނިސްޓްރީން އޭނާ އަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

 އަލީ އާދަމްއަށް ކޮންސުލްގެ މަގާމު ހާވާލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...