ސަރުކާރުން ދޫކޮށްފައިވާ ޓީބިލްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު ދަށްވެއްޖެ

އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ އައުޓްސްޓޭންޑިންގް އަދަދު ދެ އިންސައްތަ ދަށްވެއްޖެއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގެ އެންމެ ފަހުގެ އަދަދުގައި ބަޔާންކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ކޭޝް ފްލޯ ހަމަޖެއްސުމަށްޓަކައި ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސް ނުވަތަ ޓްރެޝަރީ ބިލްތަކާއި ޓްރެޝަރީ ބޮންޑުތަކުގެ އައުޓްސްޓޭންޑިންގް އަދަދަކީ 22.6 ބިލިއަން ރުފިޔާއެވެ.

ނޮވެމްބަރު މަސް ނިމުނުއިރު ޓްރެޝަރީ ބޮންޑުގެ އައުޓްސްޓޭންޑިންގް އަދަދު ވަނީ 543.4 މިލިއަން ރުފިޔާ މައްޗަށް ގޮސްފައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ޓީ ބިލްގެ އައުޓްސްޓޭންޑިންގް އަދަދު 887.8 މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ.

ޓްރެޝަރީ ބޮންޑުގެ އައުޓްސްޓޭންޑިންގް އަދަދު އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރުން ދޫކޮށްފައިވާ ޓީބިލްތަކުން ބައެއް ޓްރެޝަރީ ބޮންޑަށް ބަދަލުކުރުމާއި ގުޅިގެންނެވެ. އަދި ބޭންކްތަކާއި އަމިއްލަ ފައިނޭންޝަލް ކޯޕަރޭޝަންތަކުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ މިންވަރު ވެސް ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...