ކުލަގަދަ ރަސްމިއްޔާތަކާ އެކު އެމްއެންޑީއެފްގެ ފުޓްބޯޅަ މުބާރާތް ފަށައިފި

ކޮމާންޑާ އިސްމާއިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅޭ އެމްއެންޑީއެފްގެ ފަނަރަ ވަނަ އިންޓާ ޔުނިޓް ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާ އެކު ފަށައިފި އެވެ. 


އެ މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވަނީ ބައިވެރިވަޑައިގެންފަ އެވެ. އަދި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.


ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެމްއެންޑީއެފްގެ އިންޓާ ޔުނިޓް ފުޓްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ދިހަ ޓީމެއް ވަދަކުރާ އިރު ދެވަނަ ޑިވިޝަނުގައި ނުވަ ޓީމެއް ވާދަކުރާނެ އެވެ. މުބާރާތް ފެށުމުގެ ގޮތުން ރޭ ފުރަތަމަ ޑިވިޝަނުގެ ފަހުގެ ޗެމްޕިއަން ފަޔާ އެންޑް ރެސްކިއު ސާވިސް އާއި މެރިން ޑިޕްލޮއިމަންޓް ޔުނިޓް ވާދަކުރި އިރު، ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފަ އެވެ. 


އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުރިއަށް ގެންދާ އެ މުބަރާތް ނިންމާލާނީ އަންނަ މަހުގެ ސޯޅަވަނަ ދުވަހުގަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...