ރެއާލް މެޑްރިޑަށް ނޭމާ ވިއްކާލުމުގެ އެއްވެސް ފުރުސަތެއް ނެތް: ޕީއެސްޖީ

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ސްޕޭނުގެ ބާސެލޯނާ އިން ޕީއެސްޖީ އަށް ބޮޑު އަގެއްގައި ބަދަލުވި ނޭމާ، އަންނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުނުވާނެ ކަމަށް ޕީއެސްޖީގެ ޗެއާމަން ނަސީރު އަލް ޚެލައިފީ ވިދާޅުވެއްޖެ އެވެ.


ޕީއެސްޖީގެ ޗެއާމަން އެގޮތަށް ވިދާޅުވީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ޕީއެސްޖީ އިން ނޭމާ ގަތް އަގަށް ވުރެ އަގު ބޮޑުކޮށް ރެއާލް މެޑްރިޑުން ނޭމާ ހޯދަން މަސައްކަތްކުރާނެ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ދަނޑިވަޅެއްގަ އެވެ. ޚެލައިފީ ވިދާޅުވީ ހަބަރު ފަތުރާ ވަސީލަތްތަކުން އެކަހަލަ ވާހަތައް ފަތުރާތީ ހިނި އަންނަ ކަމަށާއި އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޕީއެސްޖީގައި ނޭމާ ހުރީ ވަރަށް އުފަލުން ކަމަށާއި އެ ކްލަބާއެކު ނޭމާ ހެދި އެއްބަސްވުން ފަސް އަހަރަށް ދިގު ދެމިގެން ދާއިރު، އެންމެ ހަތަރު މަސް ތެރޭ ކްލަބު ބަދަލުކުރާ ވާހަކަތަކެއް ނޫސްތަކުން ދައްކަން ފެށުމަކީ އެއްވެސް ތާކުން ތާކުން ނުޖެހޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 


ޕީއެސްޖީގައި ނޭމާ އަންނަނީ މޮޅު ކުޅުމެއް ދައްކައި އެ ކްލަބަށް މުހިންމު ލަނޑުތަކެއް ޖަހަމުންނެވެ. އަދި މި ސީޒަނުގައި ޕީއެސްޖީގެ ފަރާތުން ފެންނަމުން އަންނަ އާދަޔާ ހިލާފު މޮޅު ކުޅުމާ އެކު އެ ކްލަބު ވަނީ ޔޫރަޕުގެ އަދި މުޅި ދުނިޔޭގެވެސް އެންމެ ވަރުގަދަ އެއް ކްލަބަށް ވެފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...