މޫސުން ގޯސްވުމުންވެސް ކަންގަނާގެ ފިލްމުގެ ޝޫޓިން ކުރިއަށް

ކަންގަނާ ރަނޯތު

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެ ފަރާތެއްގެ ހުނަރުން އެހެން މީހުން ހައިރާން ކޮށްލި ބަތަލާއެއް ހުރިނަމަ، އެއީ ކަންގަނާ ރަނޯތުއެވެ. އާއިލީ ގޮތުން ހިންދީ ފިލްމުތަކާއި އެއްވެސް ގުޅުމެއް ކަންގަނާ މީހުންގެ މަޤްބޫލްކަން ހޯދީ އަމިއްލަ ހިތްވަރާއި ހުނަރުންނެވެ.

ކަންގަނާ މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ ވަރަށް ބުރަކޮށެވެ. އެގޮތުން އޭނާގެ ފިލްމު މަނިކަރްނިކާ- ދަ ކުއީން އޮފް ޖާންސީގެ މަސައްކަތް ކަންގަނާ ކުރަމުން އަންނައިރު، ޝޫޓިން ކުރިއަށްދަނީ އިންޑިއާގެ ރާޖަސްތާނުގެ ސިޓީއެއްގައެވެ. ބިކާނެރް ސިޓީއަށް މިދުވަސްވަރު ވަރަށް ބޯކޮށް އަންނަނީ ވާރޭ ވެހެމުންނެވެ. އަދި ޓެމްޕަރޭޗަރވެސް ވަރަށް ދަށް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް ކަންގަނާ އަދި ފިލްމުގެ ޓީމްގެ މަސައްކަތް ހުއްޓާލާފައެއް ނުވެއެވެ.

ފިލްމު މަނިކަރްނިކާގައި ކަންގަނާ ފެނިގެންދާނެ ގޮތް.

މިވަގުތު ކަންގަނާ ޝޫޓް ކުރަމުން އަންނަ ސަރަހައްދަށް ރަނގަޅަށް މޮބައިލް ކަނެކްޝަންވެސް ނުލިބެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މޮބައިލް ކަނެކްޝަން ރަނގަޅަށް ލިބެނީ އެއްގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު، ކައިރީގައި އޮންނަ އެހެން ހިސާބަކަށް ދިއުމުންނެވެ. މަނިކަރްނިކާގެ ޝޫޓިންގެ ތެރޭގައި މީގެ ކުރިން ކަންގަނާއަށް އަނިޔާ ވެފައިވެއެވެ. އެއީ އެކްޝަން ސީންއެއް ކުޅެމުން ދަނިކޮށެވެ.

އަބަދުވެސް ތަފާތު ރޯލުތަކުން ފެންނަ ކަންގަނާ، މަނިކަރްނިކާގައިވެސް އޭނާގެ ހުނަރު ދައްކާލާނެ ކަމާމެދު ޝައްކެއް ނެތެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...