ރިތިކްގެ "ސުޕަރ 30" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފި

ރިތިކް ރޯޝަން.

ރިތިކް ރޯޝަންގެ ފިލްމު "ސުޕަރ 30" އަންނަ އަހަރުގެ ޖެނުއަރީމަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ބޮލީވުޑްގެ ޙަބަރުތައް ބުނެފިއެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހަކީ އިންޑިއާގެ ޖުމްހޫރީ ދުވަހެވެ. ރިތިކްގެ ފަހުގެ ފިލްމުތަކަށް ބަލާއިރު، "އަގްނީޕަތު" އަދި "ގާބިލް"ވެސް ރިލީޒް ކޮށްފައިވަނީ ޖުމްހޫރީ ބަންދާއި ދިމާކޮށް ކަން ފާހަގަ ކޮށްލެވެއެވެ.

ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ކުމާރަކީ ކޮންމެ އަހަރަކު ތައުލީމީ ފެންވަރު ދަށް 30 ކުދިންނަށް ކިޔަވައިދެމުން އައި މީހެކެވެ. އަދި އޭނާ އަކީ ޕަޓްނާގައި ހިންގަމުން ސުޕަރ ތާޓީ ޕްރޮގްރާމްގެ ބާނީވެސް މެއެވެ. ފިލްމުގައި އާނަންދްގެ ރޯލުން ފެނިގެން ދާނީ ރިތިކްއެވެ. ފިލްމާއި ބެހޭ ގޮތުން ރިތިކް ބުނެފައިވަނީ މިއީ އޭނާ މުދައްރިސެއްގެ ރޯލުން ފެނިގެންދާނެ އެންމެ ފުރަތަމަ ފިލްމު ކަމަށެވެ.


ފިލްމު ސުޕަރ 30 ގައި އެކްޓަރ ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ ފެނިގެންދާނެ ކަމަށްވެސް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރު ވިކާސް ބެލްއާއި ސާރާ ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށްވެސް ބޮލީވުޑްގެ ޙަބަރުތައް ބުނެއެވެ.

ސާރާއާއި ރިތިކްގެ އުމުރުގައި ވަރަށް ބޮޑު ތަފާތެއް ހުރިއިރު، މިފިލްމުގައި އޭނާއާއި ރިތިކްއާއި ފެނިގެންދާނީ ލޯބީގެ ރޯލަކުން ކަމާމެދުގައި ސުވާލު އުފެދެއެވެ. އެހެންނަމަވެސް ރިތިކް ބުނެފައިވަނީ ފިލްމެއްގެ ކާސްޓް ހޮވުމުގައި މިހާރު އުމުރަށް ނުބަލާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ރެސިޕީ: އަލުވި ކަވާބު
ރެސިޕީ: ޕާން ޕުޑިންގ
Loading...