ޗެލްސީ އިން ޖިރޫޑް އަށް ޝައުގުވެރިކަން ފާޅުކޮށްފި

މި ހިނގާ ޖަނަވަރީ މަހުގެ ޓްރާންސްފާގައި ޗެލްސީ އަށް ސްޓްރައިކަރެއް ގެނައުމަށްޓަކައި އާސެނަލްގެ އޮލިވިއާ ޖިރޫޑް ހޯދުމަށް އެ ޓީމުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ. 


ޗެލްސީގެ ދެ ސްޓްރައިކަރުން ކަމަށްވާ މިޝީ ބަޓްޝުއާއީ އާއި އަލްވާރޯ މޮރާޓާގެ ފަރާތުން މިހާތަނަށް އެދެވޭ ކުޅުމެއް ފެނިފައިނުވާ އިރު، ޗެލްސީ އިން އަންނަނީ ސްޓްރައިކަރެއް ގެނެސް އެ ކުޅުންތެރިންނަށް ސްކޮޑުގެ ތެރެއިން ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ. އަދި ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބަޓްޝުއާއީ ބަހައްޓަން ޗެލްސީ މިހާރު ބޭނުން ނުވާ އިރު، ޗެލްސީ އިން ވަނީ އާ ސްޓްރައިކަރުން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

އެގޮތުން ޖިރޫޑް ހޯދުމަށް އެ ކްލަބުން ޝައުގުވެރިކަން ފާޅުކުރި އިރު، ރޯމާގެ އެޑިން ޒެކޯ ހޯދުމަށްވެސް އެ ކްލަބުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އެ ކުޅުންތެރިން ޗެލްސީ އަށް އަންނަން އެއްބަސްނުވެއްޖެ ހިނދެއްގައި ޗެލްސީ އިން ވަނީ ވެސްޓް ހޭމްގެ އެންޑީ ކެރޮލް އާއި ސްޓޯކްގެ ޕީޓާ ކްރައުޗް އަދި އޭޝްލީ ބާންސް، މި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކު އެ ކްލަބަށް ގެންނަން އަމާޒު ހިފާފަ އެވެ.


އުމުރުން ތިރީސް އެއް އަހަރުގެ ޖިރޫޑް ހޯދުމަށް ޗެލްސީ އިން ޝައުގުވެރިކަން ފާޅުކުރި އިރު، ޖަރުމަނުގެ ބޮރުޝިއާ ޑޯޓްމަންޑުންވެސް ޖިރޫޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެއީ އާސެނަލް އިން ޑޯޓްމަންޑްގެ ޕިއެރޭ އެމެރިކް އައުބަމަޔާންގް ހޯދުމަށް މަޝްވަރާ ކުރަމުން ގެންދާތީ ޑޯޓްމަންޑަށް ބަދަލުގެ ގޮތުގައި ކުޅުންތެރިއެއް ދިނުމަށް ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...