ދީޕިކާއަށް ރަންބީރުގެ މައިންބަަފައިންގެ ތައުރީފް!

ދިޕިކާ ޕަދުކޯން.

ދިޕިކާ ޕަދްކޯން މުހިއްމު ރޯލަކުން ފެނިގެންދާ "ޕަދުމާވަތު" ގައި ދައްކާފައިވާ މޮޅު ހުނަރަށް އޭނާގެ ކުރީގެ ލޯބިވެރިޔާގެ ރަންބީރު ކަޕޫރުގެ މަންމަޔާއި ބައްޕަ ކަމުގައިވާ ނީތޫ އަދި ރިޝީ ކަޕޫރު ތައުރީފު ކުރުން ވެގެންދިއައީ އިންޑިއާގެ ގިނަ ބަޔަކަށް ހައިރާން ކަން ލިބުނު ކަމަކަށެވެ. އެގޮތުން އިންޑިއާގެ މުނިފޫހިފިލުވާ ޚަބަރުތައް ގެނެސްދޭ ހުރިހާ ނޫހެއްގައި މިވާހަކަ ގެނެސްދީފައިވާއިރު، އެ ޚަބަރުތައް ބުނާ ގޮތުން ރަންބީރުގެ މަންމަޔާއި ބައްޕަ ދީޕިކާއަށް ތައުރީފުކޮށްފައިވަނީ މާބޮޑިއަކާއިއެކު ފޮނުވި ކާޑަކުންނެވެ.

އެގޮތުން ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންދާ މި ފޮޓޯއިން ފެނިގެންދާ ގޮތުން މާބޮޑިއަކާއިއެކު އެ ދެމަފިރިން ފޮނުވި ސިޓީގައި ދީޕިކާގެ މަސައްކަތް ވަރަށް ފުރިހަމަކަމަށް ލިޔެފައިވާއިރު އެދެމީހުން ދީޕިކާއާއިމެދު ފަޚްރުވެރިވާކަމަށްކަމަށް ލިޔެފައިވެއެވެ. އަދި އެދެމަފިރިންގެ މި ތައުރީފަށް ދީޕކާ ވަނީ މިކާޑު އޭނާގެ އިންތަގްރާމްގައި ޝެއާ ކުރުމަށްފަހު ޝުކުރު އަދާކޮށްފައެވެ.

ރަންބީރުގެ މަންމަޔާއި ބައްޕަ ދީޕިކާއަށް ފޮނުވި ކާޑު- ފޮޓޯ- ދީޕިކާގެ އިންތަރގްރާމް

ދީޕިކާގެ މަސައްކަތައް ރަންބީރުގެ މައިންފައިން ތައުރީފުކޮށް ވާހަކަދައްކާފައިވާއިރު ރަންބީރު އަދި ދީޕިކާއަކީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިން ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ. އަދި ރަންބީރު އާއި ދީޕިކާގެ ރަންބީރުގެ މަަންމަ އެހާ ގަބޫލު ނޫން ކަމަށްވެސް މީޑިއާގައި ވާހަކަދެކެވުނެވެ. ނަމަވެސް ފަހަކަށް އައިސް ރަންބީރުގެ މަންމަ ނީޓޫ ކަޕޫރާއި ދީޕިކާގެ ގުޅުން ވަރަށް ރަނގަޅެވެ. އިވެންޓްތަކަށް އެކުގައި ދިޔަނަމަވެސް އެއް ފޮޓޯއަކުން މިދެތަރިން މީގެ ކުރިން ފެނިގެން ނުދާއިރު ފަހަކަށް އައިސް ނީޓޫ އަދި ދީޕިކާގެ ސެލްފީތައްވެސް އިންޓަރނެޓްގައި ވައިރަލްވެގެން ގޮސްފައިވެއެވެ.

ޮަ"ޕަދުމާވަތު"ގައި ދީޕިކާ އަދާކޮށްފައިވާ މޮޅު އެކްޓިންއަން ކުރީގެ މަޝްހޫރު ތަރިންގެ ތެރޭގައިވެސް ގުނާ ލެވޭ ނީޓޫ އަދި ރިޝީ ކަޕޫރު ތައުރީފުކޮށްފައިވާއިރު އެދެ ތަރިންނަށްވުރެ ކުރިން "ޕަދުމާވަތު" ބަލާފައިވަނީ ރަންބީރު ކަޕޫރެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހު އެޅުވި އެފިލްމުގެ ސްޕެޝަލް ޕެއިޑް ޕްރިވިއު ޝޯ ގައި ރަންބީރު ވަނީ އެފިލްމު ބަލާފައެވެ. ނަމަވެސް ފިލްމާއި މެދު މިހާތަނަށް އެއްވެސް އެއްޗެއް އެއްވެސް ޕްލެޓްފޯމެއްގައި އޭނާ ބުނެފައި ނުވެއެވެ.

ނަމަވެސް މިފިލްމުގައި ދީޕިކާ ދައްކާފައިވާ މޮޅު ހުނަރަށް އޭނާ އަށް ވަނީ ގިނަ ބަޔަކު ތައުރީފުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ރެސިޕީ: އަލުވި ކަވާބު
ރެސިޕީ: ޕާން ޕުޑިންގ
Loading...