ނަން ބަދަލު ކުރިއަސް، އަހަންނަށް އަދިވެސް އެއީ ޕަދުމާވަތީ: ދިޕިކާ

ދިޕިކާ ޕަދުކޯން: ޕަދުމާވަތީގެ ނަން ބަދަލު ކުރުމުން ދިޕިކާ ހިތްހަމައެއް ނުޖެހޭ

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދުމާވަތު" އިއްޔެ ރިލީޒްކޮށްފައިވާއިރު، އެފިލްމަށް އަންނަނީ އެކަށީގެންވާ ތަރުހީބެއް ލިބެމުންނެވެ.

ގިނަ ބަޔަކު އަންނަނީ ފިލްމުގައި ކުޅަދާނަ އެކްޓްރެސް ދިޕިކާ ޕަދުކޯން ކުޅެފައިވާ ރޯލަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ. އެގޮތުން ފިލްމުގައި އިންޑިއާގެ ރާނީ" ޕަދުމާވަތީ"ގެ ރޯލު ދިޕިކާ އަދާކޮށްދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ބުނެ ގިނަ ބަޔަކު ދިޕިކާއަށް ތައުރީފް ކޮށްފައިވެއެވެ.

ފިލްމަކީ ވަރަށް ޚާއްސަ ފިލްމެއް ކަމަށް ދިޕިކާ ވަނީ ބުނެފައެވެ. ފިލްމާއި ގުޅިގެން މަރުގެ އިންޒާރުތަކެއްވެސް ލިބުނު ދިޕިކާ ބުނެފައިވަނީ އެއީ އޭނާގެ ކެރިއަރުގައިވެސް ކުޅެވޭ އެންމެ މުހިއްމު އެއް ފިލްމަށް ވާނެ ކަމަށާއި، ފިލްމުގެ ނަން ބަދަލު ކުރަން ޖެހުނު ނަމަވެސް އޭނާއަށް އެފިލްމަކީ، އަދިވެސް ޕަދުމާވަތު ކަމަށެވެ.

ޕަދުމާވަތުއަށް ކުރިން ކިޔަން ނިންމި ނަމަކީ، ޕަދުމާވަތީއެވެ. އެހެންނަމަވެސް އެނަމަކީ އިންޑިއާގެ ކުރީގެ ރާނީއެއްގެ ނަމަކަށް ވުމުން، ފިލްމާމެދު އުފެދިފައިވާ ރުޅިވެރިކަން ކުޑަ ކުރުމަށް، އެންމެ ފަހުން ފިލްމުގެ ނަން ބަދަލު ކުރީއެވެ. ބޮލީވުޑްގައި ޕަދުމާވަތުގެ އިތުރުން އެހެން ބައެއް ފިލްމުތައްވެސް މިފަދަ މައްސަލަތަކާއި ގުޅިގެން ނަން ބަދަލުކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...