ޓޮމް ކްރޫޒްގެ އަންހެން ދަރިފުޅުގެ 11 ވަނަ އުފަންދުވަސް އޭނާއާއި ނުލާ ފާހަގަކޮށްފި

ޓޮމް ކްރޫޒްގެ އަންހެން ދަރިފުޅުގެ 11 ވަނަ އުފަންދުވަސް އޭނާއާއި ނުލާ ފާހަގަކޮށްފިއެވެ.


ޓޮމް ކުރޫޒްގެ 3 ވަނަ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅު ސުރީ ކްރޫޒްގެ 11 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފައިވަނީ މަންމަ ކޭޓީ އާއިއެކީގައެވެ. ހަބަރުތައް ބުނާ ގޮތުގައި ކްރޫޒް އޭނާގެ އަންހެން ދަރިފުޅު ލޮލުންވެސް ނުދެކޭތާ މިހާރު ވަނީ 3 އަހަރުވެފައެވެ.


ޓޮމް ކްރޫޒްގެ ކުރީގެ އަންހެނުން ކޭޓީ ވަނީ ސުރީގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓެގްރާމް އެކައުންޓްގައި ހިއްސާ ކޮށްފައެވެ. އެއާއެކު، ސުރީގެ އުފަން ދުވަސް ފާހަގަ ކުރުމުގައި އޭނާގެ ބައްޕަ ފެނިފައިނުވާތީ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ޓޮމް ކްރޫޒް އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ސުރީ އާއިއެކީގައި އެންމެ ފަހުން ފޮޓޯއަކުން ފެނިފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުގައެވެ.


ޓޮމް ކްރޫޒް ސުރީއާއި ބެހޭ ގޮތުން ފަހަކަށް އައިސް މީޑިޔާގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި އޭނާ ސުރީއާއި ބައްދަލުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތްވެސް ނުކުރާ ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެއެވެ. ސުރީ އުފަންވެފައިވަނީ 2006 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 18 ވަނަ ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...