އެސްޕަންޔޯލް ބަލިކޮށް ބާސައިން ސެމީ ފައިނަލަށް

ސްޕޭނުގެ ކޮޕާ ޑެލް ރޭގައި އެސްޕަންޔޯލް އާ ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން ދެވަނަ ލެގު މެޗު ކާމިޔާބުކޮށް ބާސެލޯނާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭ އެސްޕަންޔޯލް އާ ދެކޮޅަށް ނުކުތް އިރު ބާސާ އިން ވަނީ ފުރަތަމަ ލެގުގައި އެސްޕަންޔޯލް އަތުން 1-0 އަކުން ބަލިވެފަ އެވެ. ނަމަވެސް، ރޭ އެސްޕަންޔޯލް ކޮޅަށް ލުއިސް ސުއާރޭޒް އަދި ލިއޮނަލް މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު އެ ޓީމް ވަނީ 2-1 ގެ އެގްރިގޭޓުން އެސްޕަންޔޯލްގެ މައްޗަށް ކުރިހޯދާފަ އެވެ.

ރޭ އެސްޕަންޔޯލް ކޮޅަށް މެސީ ކާމިޔާބުކުރި ލަނޑަކީ ބާސެލޯނާގެ ނޫ ކޭމްޕްގައި އެ ޓީމުން ކާމިޔާބުކުރި ހަތަރުހާސްވަނަ ލަނޑެވެ. މި ހިނގާ ޖަނަވަރީ މަހުގެ ޓްރާންސްފާގައި ބާސެލޯނާ އަށް ލިވަޕޫލުން ސޮއިކުރި މިޑްފީލްޑަރު ފިލީޕޭ ކޫޓީނިއޯ ވަނީ ދެވަނަ ހާފްގައި އަންޑްރޭސް އިނިއެސްޓާގެ ބަދަލުގައި ކުޅެން އަރުވާފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑު މައްޗަށް އަރައި ކޫޓީނިއޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...