ވޯލްޑް ކަޕް ޓްރޮފީ - ޒުވާނުންނަށް ރައީސް ޔާމީން ދެއްވި ހަދިޔާއެއް

ފުޓްބޯޅަ އޭ ބުނުމާއި އެކު ދިވެހިންގެ ލޭ ކެކިގެން ދެއެވެ. އެހާވެސް ފުޓްބޯޅައަށް ދިވެހިން ފޯރި ހުރެއެވެ. ދިވެހިން ތާރީޚް މިކަމަށް ހެކިވާނެއެވެ. ދިވެހިން ދިވެހިންނަށް ވަނީވެސް ފުޓްބޯޅައިގެ ތެރެއިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.


ހަނދާނަށް އަންނަނީ 2008 ވަނަ އަހަރު ސަރަޙައްދީ ފުޓްބޯޅަ މުބާރާތް ދިވެހި ޤައުމީޓީމު އުފުލާލި ރޭގެ މަތިންނެވެ. ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަންމެޑަލްއެއް ފުޓްބޯޅައިގަ ލިބިގެން ދިޔައިރު ދިވެހިންނާއި، މި ފަޒާ އަދި ޖައްވުވެސް އެ އުފަލުގައި ބައިވެރިވެ،  އެކަން ޤައުމީ ފެންވަރުގައި ފާހަގަކޮށް އުފާފާޅުކުރިއެވެ. މި ކުޑަކުޑަ އާބާދީއެއް އޮންނަ ޤައުމުން ފުޓްބޯޅައިގައި އަދި ލިބުނު އެންމެ ބޮޑު އެއްކާމިޔާބީއަކީ އެއީއެވެ.


އެހެނަސް ދިވެހިންނަކީ ހަމަ އެކަނި ޤައުމީ ޓީމުން މިކަން ނިންމާލާބައެއް ނޫނެވެ. ދުނިޔޭގެ ކުޅިވަރު އީދުތަކުގައި ދިވެހިން ބައިވެރިވަނީ ހިތާއި ރުހުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ފުޓްބޯޅަ މެޗްތައް ބަލަން ދުވާލަކަށް ވިޔަސް އަދި ދަންވަރަކަށް ވިޔަސް ދިވެހިން ހަމަ ހެޔޮވަރުވާނެއެވެ. އެ ފޯރީގައި ލޮލަށް ނިދީގެ އަސަރެއެއްވެސް ނުހުންނާނެއެވެ. މެޗް ބަލާފައި ނޫނީ ނިދިވެސް ނާންނާނެއެވެ. ގޭގައި އިނދެގެން މެޗެއް ނުބެލިއްޖެނަމަ ކެފޭއަކަށް ގޮސްގެން ނަމަވެސް ބޭނުންވާ މެޗެއް ބަލާލާނެއެވެ.


ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޢިދު ކަމުގައިވާ ވޯލްޑް ކަޕަކީ ދިވެހިން އެތަކެއް ދުވަހެއް ދުރާލާ ތައްޔާރުވާ ޢީދެކެވެ. މުބާރާތް ބާއްވާ ޤައުމުތަކާއި މުބާރާތުގައި ބައިވެރިވާ ޤައުމުތަކާއި އެއް ހަމައެއްގައި ދިވެހިންވެސް ވޯލްޑްކަޕަށް ތައްޔާރުވެއެވެ. ގޭގެ ސިޓިންގް ރޫމުން ފެށިގެން، މަގުމައްޗާއި، އެކިއެކި ކަންމަތިތައް ޖަރީކޮށް ތިމާމެން ސަޕޯޓް ކުރާ ޤައުމީ ޓީމުތަކުގެ ކުލަތަކުން އެ ތަނެއް ޖަރީކޮށް މުބާރާތަށް ތައްޔާރު ކުރެއެވެ. ބޮޑު ސްކްރީން ހަރުކޮށް މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ދިދައާއި މަޝްހޫރު ކުޅުންތެރިންތަކުގެ ފޮޓޯ ކުރަހާ، މުބާރާތުގެ ޝެޑިއުލްވެސް އެބަޔަކަށް ކުރެހުނު އެންމެ ބޮޑުކޮށް ކުރަހާ އެ ސަރަޙައްދަކުން ފެންނާނޭކަން ޔަޤީނެވެ. މެޗްތައް ކުޅޭ އިރުގައި  ކެއުމުގެ ކަންތައްތައް ހަމަޖައްސާ އެބަޔަކު ސަޕޯޓްކުރާ ޓީމެއް މޮޅުވެއްޖެނަމަ، ޕާޓީ ބާއްވާ މަޖާ ކުރުމަކީ އަބަދުވެސް ދިވެހިން ކުރަމުންދާ ކަމެކެވެ. 


މިހާ ފޯރިއާއި ޖޯޝުގައި ފުޓްބޯޅައިގެ މައި ޢީދަށް ދިވެހިން ތައްޔާރުވި ނަމަވެސް ދިވެހިންނަށް އެ މުބާރާތް ކާމިޔާބު ކުރާ ޓީމަށް އެދޭ އަގު ބޮޑު ޓްރޮފީ ހަމަ ލޮލުން ބަލާލުމުގެ ފުރުސަތެއް މިއަދާއި ހަމައަށް ލިބިފައެއް ނުވެއެވެ. އެ ޝަރަފު ލިބުމަށް ޒުވާނުން ކިތަންމެ ބޭނުންނަމަވެސް އަދާއި ހަމައަށް ދިވެހި ޒުވާނުން ޖެހެނީ ބޮޑު ސްކްރީނު ދޮށުގައި ތިބެގެން ޗެމްޕިއަން ޓީމު އެ ތަށި އުފުލާލާތަން ބަލާލާށެވެ.

ނަމަވެސް ވޯލްޑް ކަޕް ޓްރޮފީ ބަލާލުމަށް ދިވެހި ޒުވާނުން ކުރަމުން އައި އުންމީދުތަކުގައި ކުލަ ޖައްސަވާ ދެއްވާ ރައީސް ޔާމީނު މިއަދު މިވަނީ ދިވެހި ޒުވާނުން ހެއްވާލަދީފައެވެ. ރައީސް ޔާމީނުގެ އިސްނެންގެވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފެށި މަސައްކަތުން ދުނިޔޭގެ އެންމެ ޝަރަފުވެރި ޓްރޮފީ ރާއްޖެ ގެނެސް އެ ޓްރޮފީ ހަމަލޮލުން ބަލާލާ، ޓްރޮފީއާއި އެކު ފޮޓޯ ނަގާލުމުގެ ފުރުސަތު މިވަނީ ދިވެހި ޒުވާނުންނަށް ލިބިފައެވެ. އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. މި ޝަރަފު ހޯދުމަށް ޓިކެޓް ހޯދާ، ޓިކެޓް ގަނެ، މިކަމަށް ދިވެހި ޒުވާނުން ތައްޔާރުވިލެއް ފުރިހަމަ ކަމުން ދިވެހި ޒުވާނުން މިކަމަށް އެދިއެދި ތިބިވަރު ހާމަވެގެން ދެއެވެ.


ކޮންމެއަކަސް އަދުގެ ސަރުކާރުން ޒުވާނުނާއި ބަހައްޓާ ގާތްކަމާއި، ޒުވާނުން ކުރިއަރުވާ އުޖާލާ ޒުވާން ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތަށް މިވަނީ ބޮޅެއް އިތުރުވެފައެވެ. ދުނިޔޭގެ މަދު ޤައުމުތަކަށް ވޯލްޑް ކަޕް ޓްރޮފީ ގެންދާއިރުގައި ދިވެހި ޒުވާނުންނާއި ހަމައަށް ޓްރޮފީ ގެނެސްދެއްވިކަމަށް ޓަކައި ދިވެއްސެއްގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ޝުކުރުދަންނަވަމެވެ. ހަމަޔަޤީނުންވެސް ޒުވާނުންނަށް ރައީސް ޔާމީނު މި ދެއްވީ އަގުހުރި ހަދިޔާއެކެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ރެސިޕީ: އަލުވި ކަވާބު
Loading...