އާމިނާ ޚާން ލޮރިއާލް ކެމްޕެއިން ދޫކޮށްލައިފި

އާމިނާ ޚާން: ލޮރިއާލްގެ ހެއަރ އިޝްތިހާރަކުން ފެނުމުން އާމިނާއަށް ބޮޑު މަޤްބޫލްކަމެއް ލިބުނު.

މިދިޔަ ހަފްތާގައި އާމިނާ ޚާން ވަނީ މަޝްހޫރު ލޮރިއާލް ޕެރިސް ބްރޭންޑްގެ އިޝްތިހާރަކުން ފެނި އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

އާމިނާއަށް މީހުންގެ ސަމާލުކަން ލިބިގެން ދިޔައީ ލޮރިއާލްގެ ހެއަރ ކެމްޕެއިނަކުން ފެނުނު އެންމެ ފުރަތަމަ ބުރުގާ އެޅި މީހާއަށް އޭނާ ވުމުންނެވެ. އާމިނާ ބުނެފައިވަނީ އޭނާ ލޮރިއާލްގެ އިޝްތިހާރުން ފެނިގެން ދިއުމަކީ ބުރުގާ އަޅާ ހުރިހާ މުސްލިމް އަންހެނުންނަށް ލިބިގެން ދިޔަ ފަހްރެއް ކަމަށެވެ.

ޔޫޓިއުބަރއެއްގެ އިތުރުން ޕާލް ޑެއިޒީ ފެޝަން ބްލޮގް ހިންގަމުން އަންނަ އާމިނާ އަށް އެތައް ބައެއްގެ މަގްބޫލްކަން ލިބިގެންދިޔަ ފަހުން އޭނާ ވަނީ ލޮރިއާލް ކެމްޕެއިން ހުއްޓާލަން ނިންމާފައެވެ. އާމިނާ މި ނިންމުން ނިންމާފައިވަނީ 2014 ވަނަ އަހަރު ގާޒާގައި ކުރި ހަނގުރާމަ އާއި ގުޅިގެން އޭނާ އިޒްރޭލަށް ފާޑު ކިޔުމަށްފަހު ކުރި ޓްވީޓްތަކަކާއި ގުޅިގެންނެވެ.

މި ޓްވީޓްތަކަށް އިސްލާމް ދީނާއި ދެކޮޅު އެތައް ބަޔަކު ފާޑު ކިޔުމާއި ގުޅިގެން އާމިނާ ވަނީ ލޮރިއާލް ކެމްޕެއިން ދޫކޮށްލާފައެވެ. އަދި ގިނަ ބައެއްގެ މެދުގައި ރުޅިވެރިކަން އުފެދޭނެ ޓްވީޓްތަކެއް ކުރެވުނީތީ އާމިނާ ވަނީ މައާފަށްވެސް އެދިފައެވެ. ލޮރިއާލް ކެމްޕެއިން ހުއްޓާލަން އާމިނާ ނިންމުމުން ލޯރިއާލްއިން ވަނީ އާމިނާގެ އެނިންމުމަށް އިޙްތިރާމް ކުރާ ކަމަށް ބުނެފައެވެ.

އާމިނާގެ ނިންމުމާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން އަންނަނީ އެކި ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އާމިނާ މީގެ އަހަރުތަކެއް ކުރިން ޓްވީޓްތަކާއި ގުޅިގެން ލޮރިއާލް ކެމްޕެއިން ދޫކޮށްލަން ނުޖެހޭ ކަމަށް ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...